ރާއްޖޭގައި އިންސްޓަ360 ކެމެރާ ގެ އޮތޮރައިޒްޑް ސެލާ އަދި ޑިސްޓްރިބިއުޓަރު ރަންފައުން އިން، އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް މޫލީގައި އޮންލައިން ސްޓޯރެއް ހުޅުވައިފިއެވެ.

އުރީދޫން މިއަދު ބުނީ މޫލީގައި އިންސަޓަ360 ޑިވައިސްތައް ލޯންޗުކުރުމުގެ ގޮތުން މޫލީ އިން ގަންނަ އިންސްޓަ360 ކެމެރާއާއި އެސެސަރީޒްތަކުން ކަސްޓަމަރުންނަށް 13 ޕަސަންޓް ޑިސްކައުންޓް ލިބޭ އޮފާއެއް ވެސް ފަށައިފައިވާ ކަމަށެވެ. އަދި 13 ޕަސަންޓް ޑިސްކައުންޓުގައި އިންސްޓަ360 ޑިވައިސް އަދި އެސެސަރީޒް އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް https://mool.ee/ranfaun މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ.

"​​އިންސްޓަ360 ޑިވައިސް އަކީ ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ދުނިޔެއަށް އިންގިލާބީ ބަދަލެއް ގެނެސްދީ، 360 ޑިގްރީގެ ހިތްގައިމު ކޮންޓެންޓް ފަސޭހަކަމާއެކު ކެޕްޗާ ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޑިވައިސްއެއް. ޒަމާނީ ސިފަތަކާއި އާދަޔާ ހިލާފު ކޮލިޓީއާއެކު މި ޑިވައިސް އަކީ މީހުންގެ ތަޖުރިބާތައް ތަފާތު ގޮތަކަށް ޑޮކިއުމެންޓް ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޑިވައިސްއެއް،" އުރީދޫން ބުންޏެވެ.

މޫލީން އިންސްޓަ360 ޑިވައިސްތައް ވިއްކަން ހުރީ އެންމެ ހެޔޮ އަގުގައި ކަމަށާއި މޫލީ މެދުވެރިކޮށް އިންސްޓަ360 ޑިވައިސް ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށް އުރީދޫން ބުންޏެވެ.

  • 360-ޑިގްރީ ކެޕްޗާ: އިންސްޓަ360 ޑިވައިސްއަކީ ފޮޓޯ ނަގާ މާހައުލު 360 ޑިގްރީކޮށް ކެޕްޗާ ކުރުމުގެ ތަޖުރިބާ ލިބިގެންދާ ޑިވައިސްއެއް
  • ހައި-ރިޒޮލިއުޝަން އިމޭޖިން: މި ޑިވައިސްގެ އެޑްވާންސް އިމޭޖިން ޓެކްނޮލޮޖީއާ އެކު، މި ޑިވައިސް އިން ވަރަށް ސާފު އަދި ތަފްސީލީ ފޮޓޯތަކާއި ވީޑިއޯތައް ކަށަވަރުކޮށްދޭނެ
  • ކޮމްޕެކްޓް އެންޑް ޕޯޓަބަލް: ގިނައިން ދަތުރުފަތުރު ކުރާ މީހުންނާއި އެޑްވެންޗަރުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ އިންސްޓަ360 ޑިވައިސް އަކީ ކުޑަ، ލުއި އަދި ޖީބަށް ފަސޭހައިން ފިޓްވާ ޑިވައިސްއަކަށް ވުމުން މިއީ ދަތުރުފަތުރު ކުރާއިރު ވެސް ގެންދަން ފުރިހަމަ ކެމެރާއެއް
  • ޔޫޒާ ފްރެންޑްލީ އިންޓަފޭސް: ބޭނުންކުރަން ފަސޭހަވާނޭހެން ތަފާތު ގިނަ ފީޗާސް ތައް އެކުލެވިގެންވާ އިރު، މި ޑިވައިސް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ނެވިގޭޓްކޮށް، ތަފާތު ފީޗާތަކާއި ސެޓިންގްތަކުގައި ފޮޓޯ އަދި ވީޑިއޯ ކުރެވޭނެ
  • ވާސަޓައިލް ޝޫޓިން މޯޑްސް: ޓައިމް ލެޕްސްއިން ފެށިގެން ސްލޯ މޯޝަންއާ ހަމައަށް އިންސްޓަ360 ޑިވައިސްގައި ކޮންމެ ކްރިއޭޓިވް ބޭނުންތަކަކަށް ފެތޭ ގޮތަށް ތަފާތު ޝޫޓިން މޯޑްތައް ފޯރުކޮށްދީ، މި ޑިވައިސް ބޭނުންކުރާ މީހުންނަށް އެ މީހުންގެ އާޓިސްޓިކް ވިސްނުން ދައްކާލެވޭނެ
  • ސީމްލެސް ކަނެކްޓިވިޓީ: ބޭނުންކުރާ ފަރާތްތަކަށް ފަސޭހައިން ސްމާޓްފޯނާއި ނުވަތަ އެހެނިހެން ޑިވައިސްތަކާ މި ޑިވައިސް ގުޅާލެވި، ވަގުތުން ޕްރިވިއުކޮށް، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކޮންޓެންޓް ފަސޭހައިން ޝެއާ ކުރެވޭނެ