ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ކ. ގުޅީގެ ބަނދަރު ތަރައްގީކޮށް، އެރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށް ލެބޯޓަރީިއެއް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިން މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކ. އަތޮޅުގެ ތިން ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކ. ގުޅިއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރު އައިއިރު ގުޅީގެ ރައްޔިތުން ތިބީ އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައި ކަމަށެވެ.
ރައީސް ވިދާޅުވީ، ގުޅީގެ ފެނަކީ މިހާރު ބޯން އެކަށީގެންވާ ފެން ކަމަށާއި އެރަށުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ފަށާނެ ކަމަށެވެ. އަދި ގުޅީގައި އޭޓީއެމް ބަހައްޓައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވަނީ ދެވަނަ ދައުރެއް ލިބިއްޖެނަމަ ގުޅިއަށް ކޮށްދެއްވާނެ ކަންކަންވެސް އިއުލާނުކޮށްދެއްވައިފައެވެ.
"ސިއްހީ މަރުކަޒުގައި ލެބޯޓަރީއެއް ގާއިމުކުރުމާއި ބަނދަރުގެ ދަތިކަން ތިބޭފުޅުން ދެންމެ ފާހަގަކުރައްވައިފި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދައުރުގައި މި ރަށުގެ ބަނދަރަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށް ސިއްހީ މަރުކަޒުގައި ލެބޯޓަރީއެއް ގާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ގުޅިއަކީ އާބާދީ ކުޑަކަމުން މީގެ ކުރިން އަޅައިނުލައި އޮތް ރަށެއް ކަމަށާއި މި ސަރުކާރުން އެރަަށަށް އިސްކަންދިނީ އެހެންވެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު