އިންޑިއާއިން މާދަމާ ހަނދަށް ރޮކެޓެއް ފޮނުވަން ތައްޔާރުވެއްޖެއެވެ.
ޖައްވީ މިޝަން ތަކުގައި ކުރިއަރާފައިވާ ރަޝިޔާއާއި އެމެރިކާގެ އިތުރުން ޗައިނާ އާއި އެއްހަމައެއްގައި ކުރިއަރައިގެން ދިއުމަށް އިންޑިއާއިން މިވަނީ ހަނދަށް ހާއްސަ އުޅަދެއް ފޮނުވަން ނިންމާފައެވެ.
"ޗަންދަރަޔާން"ގެ ނަން ދީފައިވާ ހާއްސަ ޕްރޮގްރާމެއްގެ ދަށުން އިންޑިއާއިން ވަނީ އިންސާނުންނާ ނުލައި ހަނދަށް ދިއުމަށް ކުރާ މަސައްކަތް ކާމިޔާބުކޮށް އިންސާނުންނާ އެކު މުސްތަގުބަލުގައި ހަނދަށް ދަތުރު ކުރެވޭ ގާބިލު ގައުމަކަށް ވުމަށް މަސައްކަތް ފަށާފައެވެ.
ހަތްދިހަ ހަތަރު މިލިއަން ޑޮލަރު ހަރަދު ކޮށްގެން ކުރިޔަށްގެންދާ މި މިޝަނަކީ 14 ދުވަހުގެ ދަތުރެއްކަމަށް އިންޑިއާގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުން ބުނެފައިވެއެވެ.
އިންޑިއާއިން ހަނދަށް ފޮނުވާ ރޮކެޓް އުދުއްސާލުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު ރާއްޖެ ގަޑިން 14:05 ގައެވެ.
މީގެ ކުރިން ވެސް އިންޑިއާއިން ވަނީ ހަނދަށް ރޮކެޓެއް ފޮނުވަން މަސައްކަތް ކޮށްފައެވެ. ހަތަރު އަހަރު ކުރިން ޖަށްވަށް ފޮނުވާލި އެރޮކެޓު ވަނީ ހަނދަށް ޖެއްސުމުގެ ކުރިން ގުޅުން ކެނޑި ގެއްލިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ