އަށް ގަޑިއިރު ތެރޭ 17،000 ޕޭން ކޭކް ފިހެ، ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.
ކެނެޑާގެ އަލްބާޓާގައި ކުރިއަށްދިޔަ ފެސްޓިވަލެއްގައި ކުރިއަށްދިޔަ އިވެންޓެއްގައި ވަނީ އަށް ގަޑިއިރު ތެރޭ 17،000 ޕޭން ކޭކް ފިހައި، އެ ޕޭން ކޭކުތައް އެ ސަރަހައްދުގައި ތިބި ވޮލެންޓިއަރުންނަށް ދީފައެވެ.
އިވެންޓުގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ވޮލެންޓިއަރުންގެ ތެރޭގައި ހިމެނޭ އާންމުން ވަނީ ޖުމުލަ 17،182 ޕޭން ކޭކް ކައިފައެވެ.
ޕޭން ކޭކް ފިހެ ކާންދިން އިވެންޓު ކުރިއަށްދިޔަ އިރު، ގިނިސް ވޯލްޑް ރެކޯޑްސްގެ އޮފިޝަލުން ދިޔައީ އެކަން އޮބްޒާވްކުރަމުންނެވެ.
އިވެންޓު ނިމުމާއެކު ވޯލްޑް ރެކޯޑު ފޮތުގެ އޮފިޝަލު ވަނީ ކުރީގެ ރެކޯޑު މުގުރާލާފައިވާކަން އިއުލާންކޮށްފައެވެ. ނަމަވެސް އޮފިޝަލް ވަނީ 15 ޕޭންކޭކް އެކި ސަބަބުތަކާ ހެދި ޑިސްކޮލިފައިވެފައިވާ ކަމަށް ބުނެފައެވެ.
މީގެ ކުރިން ރެކޯޑު ހަދާފައިވަނީ 14،208 ޕޭން ކޭކް ފިހެގެންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ