ލަންކާގައި ބަހެއް އެކްސިޑެންޓްވެ ކޯރަކަށް ވެއްޓި 10 މީހުން މަރުވެއްޖެއެވެ.
ކޯރު ތެރެޔަށް ވެއްޓުނު ބަހަކީ، ލަންކާގެ ޕޮލޮއްނަރުވާ އިން ކައްޓަން ކޫޑީ އަށް ދަތުރުކުރި ބަހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބަހުން ދަތުރު ކުރި މީހުންގެ ރަސްމީ އަދަދު ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއްނުވެއެވެ.
ލަންކާ ފުލުހުންގެ ތަރުޖަމާނު ވަނީ ބަހުން ދަތުރުކުރި ގިނަ ބަޔަކަށް ފަރުވާ ދެމުން އަންނަ ކަމަށްވެސް ވިދާޅުވެފައެވެ. މިހާތަނަށް 10 މީހަކު މަރުވެފައިވާ ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ