އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ށ އަތޮޅުގެ ހަތަރު ރަށަކަށް މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސް ސޯލިހު މި ފެންޓެވި ދަތުރުފުޅުގައި، އަރިހުގައި ކުރިޔަށް ރިޔާސީ އިންތިހާބަށް އެމްޑީޕީއާއި އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އާއި އެމްޑީއޭގެ ރައީސް، އަހުމަދު ސިޔާމް މުހައްމަދު ބައިވެރިވެވަޑައިގަންނަވަ އެވެ.
ކޯލިޝަން ޕާޓުނަރުންނާއެކު ރައީސް ސޯލިހު، މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ ކޮމަންޑޫއަށެވެ. އެއަށް ފަހު މަރޮއްޓަށް ވަޑައިގަތުމަށް ފަހު މެންދުރުފަހު ވަޑައިގަންނަވާނީ ނޫމަރާއަށެވެ. އެ ތިން ރަަށުގައިވެސް ކަންމަތީ ޖަލްސާއެއް ބާއްވަން ވަނީ ހަމަޖައްސައިފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން މިއަދު ހަވީރު ވަޑައިގަންނަވާނީ ފޯކައިދުއަށެވެ. އެ ރަށަށް ވަޑައިގެން އެރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށްދެއްވައި އެރަށުގެ އާ ހެލްތު ސެންޓަރު ރައީސް ހުޅުއްވައިދެއްވާނެއެވެ. އަދި އެ ރަށުގެ ފުޓުބޯޅަދަނޑުވެސް ހުޅުއްވައިދެއްވާނެއެވެ.
ފޯކައިދޫގައި މިރޭ ބާއްވާ ކެމްޕެއިން ޖަލްސާ، ރައީސްގެ މި ދަތުރުފުޅުގައި ޝަރަފުވެރިކޮށްދެއްވާނެއެވެ. އެ ޖަލްސާއަކީ އެމަނިކުފާނުގެ ކެމްޕެއިން ފެށުމުގެ ގޮތުން އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ ޖަލްސާއެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓު ވަޒީރުންނާއި އެމްޑީޕީ އަދި އެމްޑީއޭއާއި އަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިރޭ ދަންވަރުގެ ވަގުތެއްގައި ރައީސް މާލެ ވަޑައިގަންނަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު