ދުނިޔޭގެ އެންމެ މުއްސަނދި ސަލާންޖަހާ މީހާގެ މިލްކިއްޔާތުގައި އެއް މިލިއަން ޑޮލަރު ހުރި ކަމަށް ރިޕޯޓުކޮށްފިއެވެ.
އިންޑިއާގެ މުމްބާއީއަށް އުފަން ބާރަތު ޖައިން އަކީ އެ ސިޓީގެ މަގުތަކުގައި ސަލާން ޖަހައިގެން ދިރިއުޅޭ މީހެކެވެ.
އިންޑިއާގެ އިކޮނޮމިކް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުން ބާރަތު އަކީ ތައުލީމު ހާސިލުކުރުމުގެ ނަސީބު ލިބިފައިނުވާ މީހެކެވެ. އޭނާ އާއިލާއެއް ބެލުމުގެ ޒިންމާ އުފުލާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.
އިކޮނޮމިކް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުން ބާރަތުގެ މިލްކިއްޔާތުގައި 7.5 ކުރޯރު ރުޕީސް ހުރި ކަމަށެވެ. އެއީ އެއް މިލިއަން އެމެރިކާ ޑޮލަރެވެ.
ބާރަތު ސަލާންޖަހައިގެން 60،000 އާއި 70،000 އާ ދެމެދުގެ އާމްދަނީއެއް ކޮންމެ މަހަކު ހޯދައެވެ. އޭނާގެ ނަމުގައި 1.2 ކުރޯރުގެ އަގުހުރި ފްލެޓެއްގެ އިތުރުން އޭނާގެ ދެ ފިހާރަ ކުއްޔަށް ދީފައި ހުރެއެވެ.
ބާރަތުގެ މިލްކިއްޔާތުގައި ފައިސާ އާއި މުދާ ހުރި ނަމަވެސް، އޭނާ ކޮންމެ ދުވަހަކުވެސް ސަލާންޖަހަން ނުކުންނަ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ