ފުރަތަމަ ދުވަހު އެކަނިވެސް 30 މިލިއަން މީހުން މެޓައިން ޓުވިޓާއާ ވާދަކުރުމަށް އަލަށް ލޯންޗުކުރި ތްރެޑްސް އެޕްލިކޭޝަން ބޭނުންކުރަން ފަށައިފިއެވެ.
ޓުވިޓާއާ އެއް ގޮތް ފީޗާތަކެއް އެކުލެވޭ ''ތްރެޑްސް'' އަކީ މާކް ޒަކަބާގް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ގަނެ އިތުރަށް ފުރިހަމަކޮށް ނެރެފައިވާ މެޓާގެ އާ ޕްރޮޑަކްޓެކެވެ. މެޓައިން ބުނި ގޮތުގައި، މިއީ ކޮމިއުނިޓީތަކުގައި ހުންނަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް އެކި މައުލޫތަކާ ގުޅޭ ގޮތުން ހިޔާލުފާޅުކުރުމަށް ބޭނުންކުރެވޭނެ އެޕެކެވެ.
މި އެޕް މެދުވެރިކޮށް މެޓަގެ އުފެއްދުމެއް ކަމަށްވާ އިންސްޓަގްރާމް އެކައުންޓާ ލިންކުކޮށް ޝެއާކޮށް ހެދޭނެއެވެ.
މެޓާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެޕް ލޯންޗު ކުރެވޭއިރު އިނގިރޭސީގެ އިތުރުން 31 ބަސް ސަޕޯޓް ކުރާނެއެވެ.
މެޓައިން ޓުވިޓާއާ ވާދައަށް އެޕެއް ނެރެފައިވާއިރު، ޓުވިޓާ ބޭނުންކުރާ ބައެއް މީހުންނަށް ދުވާލަކަށް އެ މީހަކަށް ފެންނާނެ ޓްވީޓްގެ މިންވަރު ވަނީ ދަށްކޮށްފައެވެ. އެކަމުގެ ސަބަބުން ޓްވިޓާއަށް އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ