އޮޑިއްޝާ ރޭލު އެކްސިޑެންޓްގައި މަރުވި 52 މީހެއްގެ ހަށިގަނޑާ ހަވާލުވާނެ ބަޔަކު އަދިވެސް ނުވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.
މިދިޔަ މަހުގެ ދެވަނަ ދުވަހު ހިނގި އެ އެކްސިޑެންޓަކީ އިންޑިއާގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި އެއް ރޭލު އެކްސިޑެންޓެވެ.
ރޭލު ދަގަނޑުގެ އިލެކްޓްރިކް އިންޓަލޮކިން ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ދެ ރޭލު ޖެހި ހިނގި އެ އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 293 އަށް އަރާފައިވާ އިރު، 1000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބުނެވެ.
ހާދިސާގައި މަރުވި މީހުންގެ ތެރެއިން 52 މީހެއްގެ ހަށިގަނޑު އަދިވެސް މޯޗަރީގައި އޮތްއިރު، ލިބުނު އަނިޔާތަކުގެ ސަބަބުން އެއީ ކޮންބައެއްކަން އަދިވެސް ދެނެގަނެވިފައެއް ނުވެއެވެ. ބައެއް އާއިލާތަކުން ދަނީ އަދިވެސް އެ މީހުންގެ އާއިލާ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންވެ، މީހުން ދެނެގަތުމަށް ޑީއެންއޭ ހެދުމުގެ މަސައްކަތް އިންޑިއާގެ އޮފިޝަލުން ދަނީ ކުރަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ