މިދިޔަ ހޯމަ ދުވަހަކީ މިހާތަނަށް ދުނިޔެ ރެކޯޑުކޮށްފައިވާ އެންމެ ހޫނު ދުވަސް ކަމަށް ދައްކައިފިއެެވެ.
އެމެރިކާގެ ނެޝަނަލް ސެންޓާ ފޯ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އިން ހާމަކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުން ހޯމަ ދުވަހު ދުނިޔޭގެ އެވަރެޖް ފިނިހޫނުމިން ވަނީ 17.01 ޑިގްރީ ސެލްސިއަސްއަށް އަރައިފައެވެ.
މީގެ ކުރިން ދުނިޔެ އެންމެ ހޫނު ވެފައިވާ ކަމަށް ރެކޯޑުކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. އެ ފަހަރު ފިނިހޫނުމިން 16.92 ޑިގްރީ ސެލްސިއަސްއަށް ވަނީ އަރައިފައެވެ.
މޫސުމާ ބެހޭ ތަޖުރިބާކާރުން ވަނީ އަދިވެސް މިއަހަރު މި ރެކޯޑަށް ބަދަލު އަންނާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ. އަދި ހޫނުމިން މަތިވެ، 17.18 ޑިގްރީ ސެލްސިއަސްއަށް ވެސް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.
މޫސުމަށް އަންނަ ބަދަލުގެ ސަބަބުން އުފެދޭ އިތުރު އެލްނިނޯއެއް ދުނިޔެ ތަޖުރިބާކުރަން ފަށާފައިވާ ކަމަށް ސައިންސުވެރިން ދަނީ ބުނަމުންނެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހޫނުމިން ދުވަހަކުވެސް އިތުރު ނުވާވަރަށް އިތުރުވެ، އެކަމުގެ ސަބަބުން މޫސުމީ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމަށްވެސް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ