މޯލްޑިވްސް އިންސްޓިޓުއުޓް އޮފް ޓެކްނޮލިޖީ (އެމްއައިޓީ) އަށް ކޮލެޖެއްގެ ދަރަޖަ ދީފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއައިޓީއަށް ކޮލެޖެއްގެ ދަރަޖަ ދީ، އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނެވެ.
އެ މިނިސްޓްރީން ބުނީ އެމްއައިޓީއަށް ކޮލެޖެއްގެ ދަރަޖަ ދީފައިވަނީ، އެކަމަށް އެދި އެ ފަރާތުން ހުށަހެޅުމުން، އެޕްލިކޭޝަން ދިރާސާ ކުރުމަށްފަހު، ކޮލެޖެއްގައި ހުންނަން ޖެހޭ ޝަރުތުތައް ހަމަވާތީ ކަމަށެވެ.
އެމްްއައިޓީއަކީ 2005 ވަނަ އަހަރު ރަޖިސްޓްރީ ކުރި އިންސްޓިޓުއެކެވެ. އެ އިންސްޓިޓުއަކީ ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ސިވިލް އިންޖީނިއަރިން، އިލެކްޓްރިކަލް އިންޖީނިއަރިން، މެކޭނިކަލް އިންޖީނިއަރިން، ޓޫރިޒަމް އިންޑަސްޓްރީ އަދި ޕްރޮފެޝަނަލް ޕްރޮގްރާމް ކޯސްތައް ހިންގާ އިންސްޓިޓުއުޓެކެވެ.
މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއް، ކޮލެޖެއްގެ ގޮތުގައި ރަޖިސްޓަރީކުރެވޭނީ އެ މަރުކަޒެއް އިންސްޓިޓިއުޓެއްގެ ގޮތުގައި މެދުނުކެނޑި ހިންގަމުން އަންނަތާ މަދުވެގެން 10 އަހަރު ވެފައި، އެ މަރުކަޒެއްގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ފަހެއްގެ ޕްރޮގްރާމްތައް މެދުކެނޑުމެއް ނެތި ފަސް އަހަރު ވަންދެން ހިންގާފައިވާ ނަމައެވެ.
ޚަބަރު
ޚަބަރު
ޚަބަރު