ފުކުޝީމާއިން ނިއުކްލިއާ ފެން، ކަނޑަށް އެޅުމުގެ ހުއްދަ އދ.ގެ ނިއުކުލިއާ ހަކަތައާބެހޭ ބައިނަލްއަގުވާމީ އިދާރާ އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީން (އައިއޭއީއޭ) އިން ދީފިއެވެ.
ޖަޕާނަށް 2011 ވަނަ އަހަރު އައި ބާރުގަދަ ބިން ހެލުމާއެކު ފުކުޝީމާ ނިއުކްލިއާ ޕަވާ ޕްލާންޓަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެ ޕްލާންޓުގެ ނިއުކްލިއާ ރިއެކްޓަރުތައް ފިނިކުރުމަށް ފެން އުކާލުމަށް ނިންމާފައިވަނީ ޕެސިފިކް ކަނޑަށެވެ. ޖަޕާނުން ވަނީ މިލިއަނައަކަށްވުރެ ގިނަ މެޓްރިކް ޓަނުގެ ފެން އުކާލަން ނިންމާފައިވާކަން ހާމަކޮށްފައެވެ.
އައިއޭއީއޭ ވަނީ ފުކުޝީމާއިން އުކާލަން ނިންމާފައިވާ ފެނަކީ ބައިނަލްއަގުވާމީ ސްޑޭންޑަޑަށް ފެތޭ ފެނެއް ކަމަށާއި އެކަމުގައި ނުރައްކަލެއް ނެތް ކަމަށް ބުނެފައެވެ. އެ ފެނުން އެއްވެސް ނުރައްކަލެއް ނެތް ކަމަށް ބުނި ނަމަވެސް، އެ ހިސާބުގެ މަސްވެރިންނާއި އާންމުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖަޕާނާ އެންމެ އަވަށްޓެރި ކޮރެއާ އަދި ޗައިނާ އިންވެސް ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ