އާޓިފިޝަން އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފެއްދި ފުރަތަމަ ބޭސް ބޭނުންކުރަން ފަށައިފިއެވެ.
ހޮންގްކޮންގްގެ ބަޔޯޓެކްނޮލޮޖީ ކުންފުނި އިންސިލިސޯ މެޑިސިން އިން އޭއައިގެ އެހީގައި އުފެއްދި މި ބޭހުގެ ފުރަތަމަ ޑޯސް ޓެސްޓު ކުރުމަށް ކުރިއަށް ގެންދިޔަ ދެ މަރުހަލާވެސް ފުރިހަމަކޮށް ކާމިޔާބު ވެފައިވާއިރު ބޭސް އާންމުކޮށް ބޭނުންކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހުއްދަވެސް ދީފައެވެ.
މިބޭސް ބޭނުންކޮށްގެން އެތެރެހަށީގެ ގުނަވަންތަކުގެ އެތެރެފަށަލާގައި އުފެދޭ ފައިބްރޮސް ޓިޝޫތައް އުފެދުން ހުއްޓުވައިދޭނެއެވެ.
އިންސިލިސޯ މެޑިސިން އިން ވަނީ މިބޭސް އުފެއްދުމުގައި ޑިޒައިން ކުރުމުން ފެށިގެން ބޭހުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންދިޔައީ އޭއައިގެ އެހީގައި ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ