55 ގަޑިއިރު ވަންދެން ރޭޑިއޯ ޝޯއެއް ހުށަހަޅައިގެން ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.
މާރިއޯ ބޭކްސް ނަމަކަށް ކިޔާ އެމީހާ ވަނީ އޮސްޓްރޭލިއާގެ ރޭޑިއޯއެއްގެ ޓޯކްޝޯއެއް 55 ގަޑިއިރާއި 26 މިނެޓު ވާންދެން ހުށަހަޅައިގެން ރެކޯޓު ގާއިމު ކޮށްފައެވެ.
މޯޓިވޭޝަނަލް ޓޯކްޝޯތައް ހުށަހަޅާ މާރިއޯ، އޭނާ ރެކޯޑް ހެދި ޝޯ ކުރިޔަށް ގެންގޮސްފައިވަނީ އެއްވެސް މިޔުޒިކެއް، އިޝްތިހާރެއް އަދި އެއްވެސް ފޯނުކޯލެއް ވެސް ނުހިމަނައެވެ.
މާރިއޯ އޭނާގެ ޝޯ ކުރިޔަށް ގެންގޮސްފައިވަނީ ސްޓޫޑިއޯއަށް މެހެމާނުން ގެނެސްގެންނެވެ. މީގެ އިތުރުން އޭނާގެ ސިއްހީ ހާލަތު މޮނިޓާ ކުރުމަށް ޑޮކްޓަރެއްވެސް ސްޓޫޑިއޯގައި ހަރަކާތްތެރިވިއެވެ.
މީގެ ކުރިން މިރެކޯޑު އޮންނަނީ އިނގިރޭސި ރޭޑިއޯއެއްގައި ޕްރޮގްރާމެއް ހޯސްޓު ކުރި މީހެއްގެ އަތުގައެވެ. އޭނާވަނީ 2020 ވަނަ އަހަރު 53 ގަޑިއިރާއި އެއް މިނެޓަށް ރޭޑިއޯ ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ