ޚަބަރު

އިތުރު ފަސޭހަ ތަަކާއެކު އައިއޯއެސް 17 ބީޓާ 2 ޑިވެލޮޕަރުންނަށް ދޫކޮށްލައިފި

އެޕަލް އައިފޯނަށް ނެރުނު އައިއޯއެސް 17ގެ ބީޓާ 2 ވަނަ އަދަދު އާންމުންނަށް ދޫކޮށްލައިފިއެވެ.

މި ބީޓާގެ ތެރެއިން އާ ކަންތައްތަކެއް ވަނީ ތައާރަފު ކޮށްފައެވެ. އެގޮތުން އެޕަލްގެ އުފެއްދުންތަކަށް ޕާސްވޯޑް ޖެހުމެއް ނެތި ވަދެވޭ ގޮތްވެސް ވަނީ ހަދައިފައެވެ. އައިއޯއެސް 17 ބީޓާ 2 އަކީ އައިޕެޑް އޯއައިއެސް 17 ބީޓާ 2ގެ އިތުރުން ޑިވެލޮޕަރުންނަށް ހާއްސަކޮށްގެން ނެރެފައިވާ ބީޓާ 2 ކަންވެސް ފާހަގަކޮށްލެވެއެވެ.

ހަގީގަތުގައި އެޕަލް އައިއޯއެސް 17 އަށް އަޕްގްރޭޑް ކޮށްލުމުން މާބޮޑު ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ފޯނުގެ އޯއެސް އަޕްގްރޭޑް ކުރުމަށް ގޮސް ބީޓާ ޓެސްޓް ކުރާ މީހަކަށްވެސް އެއަށް ލޮގިން ވުމުން ފުދޭނެއެވެ. އޭރުން އެޕަލް އިން އެ މީހެއްގެ އެޕަލް އައިޑީއަށް ޕާސްކީއެއް އޮޓޮމެޓިކުން ހަވާލުކުރާނެއެވެ. ހަމަ އާދައިގެ ޕާސްކީއެއް ފަދައިން މިއީ އައިކްލައުޑް ކީޗޭން އެކައުންޓުގައި ރައްކާކުރެވިފައިވާ ހުރިހާ ޑިވައިސްތަކެއްގައިވެސް ބޭނުން ކުރެވޭ ގޮތަށް ސިންކް ކުރެވޭނެ ޕާސްކީ އެކެވެ. އެއީ އައިކްލޯޑަށް ލޮގިން ވާން އުޅޭއިރު، ނުވަތަ އެޕަލް އައިޑީއާ ގުޅިފައިވާ ކޮންމެ އެކައުންޓަކަށް ލޮގިންވެވޭނެވެ.

މީގެ އިތުރުން އައިއޯއެސް 17 ބީޓާ 2 އާއެކު ފިޓްނަސް އެޕްލިކޭޝަންގެ ޑޭޓާއާއި ސެޓިންތައް ހާއްސަ ސެކްޝަނެއް މެދުވެރިކޮށް ކޮންޓްރޯލް ކުރެވޭއިރު، ސްލައިޑާ ކޮންޓްރޯލެއް ބޭނުންކޮށްގެން އެޕަލް މިއުޒިކްގައި ހުންނަ ކްރޮސް-ފޭޑް އިފެކްޓްވެސް މި ބީޓާ ވާޝަންގައި ލިބެން ހުންނާނެއެވެ. އޭގެ ސަބަބުން ދެ ލަވައެއްގެ މެދުގައި މެދުކެނޑުމެއް ނެތި ޓްރާންސިޝަން ކޮށްލެވޭނެއެވެ.

ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ) 2023 ގައި އައިއޯއެސް 17ގެ އަޕްޑޭޓް މި މަހުގެ ކުރީކޮޅު އާންމުކޮށްފައިވާއިރު، އަޕްޑޭޓް ކުރި އޮޕަރޭޓިން ސިސްޓަމުން އައިފޯން ބޭނުންކުރާ އެހެން މީހުންނާ ފަސޭހައިން ކޮންޓެކްޓް ޝެއާ ކުރެވޭނެ ގޮތަށް ސްޓޭންޑް ބައި މޯޑަކާއި ޖާނަލް އެޕްލިކޭޝަނަކާއި ނޭމްޑްރޮޕްގެ ނަމުގައި އެއާޑްރޮޕް ފީޗާއެއް ތައާރަފި ކުރިއެވެ.

ޓެކް ރިޕޯޓްތައް ބުނާ ގޮތުގައި އަލަށް ތައާރަފުކުރި ޑިވެލޮޕަރުގެ ބީޓާ ވާޝަންގައި ސިރީ ކޮމާންޑަށް މުހިންމު އަޕްޑޭޓެއް ހިމަނާފައިވެއެވެ. މީގެ ކުރިން އައިއޯއެސް 16 އާ ހަމައަށް ހުރި އޯއައިއެސްތަކުގައި "ސެންޑް އަ މެސެޖް" ކޮމާންޑް ބޭނުންކުރާއިރު ސިރީ މެސެޖުތައް ފޮނުވަނީ އެޕަލްގެ އަމިއްލަ މެސެޖް އެޕް މެދުވެރިކޮށެވެ.

ނަމަވެސް އައިއޯއެސް 17 ބީޓާ 2ގެ އަޕްޑޭޓާ އެކު މެސެޖު ފޮނުވުމަށް ތާޑް ޕާޓީ އެޕްލިކޭޝަނެއް ހިމެނޭ ގޮތަށް ކޮންމެ މެސެޖިން އެޕްލިކޭޝަނެއްވެސް މިހާރު ފަސޭހައިން ބޭނުން ކުރެވޭނެއެވެ. އެގޮތުން "ވަޓްސްއެޕް މެދުވެރިކޮށް މެސެޖު ފޮނުވުން" ނުވަތަ "ޓެލެގްރާމް މެދުވެރިކޮށް މެސެޖު ފޮނުވުމަށް" އިތުރު ކޮމާންޑެއް ދެން ދޭކަށް ނުޖެހޭނެއެވެ.