ދެހާސް ނަވާރަ ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ރާއްޖޭގެ ޝިފާޒް މުހައްމަދު ހަދާފައި އޮތް ގައުމީ ހާފް މެރަތަން ރެކޯޑު، ޔޫސުފް އިބްރާހިމް މުގުރާލައިފިއެވެ.
ޔޫސުފް ރެކޯޑު މުގުރާލީ އިއްޔެ އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި ކުރިއަށްދިޔަ މެރަތަން، "އެސިކްސް ހާފްމެރަތަން" ގައި ވާދަކޮށް، އެއް ގަޑިއިރާއި ނުވަ މިނެޓް 58 ސިކުންތުން ރޭސް ނިންމައިގެންނެނެވެ.
ޝިފާޒް ރެކޯޑް ހަދާފައިވަނީ އެއް ގަޑިއިރާއި 10 މިނެޓް 55 ސިކުންތުން ރޭސް ނިންމައިގެންނެވެ. ޔޫސުފް ރެކޯޑް މުގުރާލާފައި ވަނީ ޝިފާޒަށް ވުރެ މިނެޓެއް ހާއިރު އަވަހަށް ރޭސް ފުރިހަމަ ކޮށްގެންނެވެ.
ދިގު ދުވުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުންދާ ޔޫސުފް، ގައުމީ ހާފް މެރަތަން ރެކޯޑު މުގުރާލުމަކީ ބޮޑު ކާމިޔާބީއެކެވެ. ޝިފާޒް އަތުގައި މިދިޔަ ފަސް ވަރަކަށް އަހަރު ދުވަހު އޮތް ހާފް މެރަތަން ރެކޯޑަކީ ކުރިން ވަރަށް ވާދަވެރިކޮށް އޮތް ރެކޯޑެކެވެ. އެ ރެކޯޑު މުޅިން އަލަށް ޔޫސުފް ހޯދުމާއެކު، އޭނާ ވެގެންދާނީ އެންމެ އުންމީދީ އެއް އެތުލީޓަށެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް