މާލެއިން އަންހެނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ މ. އާޒާދީގުލްޝަން / އާތިފާ އަބްދުﷲ (53އ) ގެއްލިފައިވާ ކަމަށް މިއަދު 10:25 ހާއިރު އެ ސްޓޭޝަނަށް ކޮށްފައިވާ ރިޕޯޓަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
އޭނާ އެންމެ ފަހުން ފެނިފައި ވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން، ޖޫން 30 ވަނަ ދުވަހުގެ ރޭ 11:45 ހާއިރު ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ލައިގެން ހުރީ ފެހިކުލައިގެ ހެދުމެއް ކަމަށާއި އަޅައިގެން ހުރީ ފިޔާތޮށި ކުލައިގެ ޝޯލެއް ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
އާތިފާ އަބްދުﷲ ގެ މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ 9790083 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު