ގައިގައި އަލިފާން ރޯކޮންގެން 893 ފޫޓަށް ދުވެ، ދުނިޔޭގެ ރެކޯޑް ހަދައިފިއެވެ.
ފްރާންސްގެ ފަޔާ ފައިޓަރެއް އޭނާގެ ގައިގައި އަލިފާން ރޯކޮށްގެން ހުރެ 893 ޕޫޓަށް ދުވެ ރެކޯޑް ހަދާފައިވާ އިރު، ގިނިސް ވޯލްޑް ރެކޯޑްސް އިން ވަނީ އޭނާގެ ރެކޯޑް ބަަލައިގެންފައިވާ ކަމަށް ބުނެފައެވެ.
އުމުރުން 39 އަހަރުގެ ޖޮނަތަން ވެރޯ އެ ރެކޯޑް ހަދާފައިވާ އިރު، ގިނިސް ވޯލްޑް ރެކޯޑްސް އިން ވަނީ އޭނާ އިތުރު ރެކޯޑެއްވެސް މުގުރާލިކަން ހާމަކޮށްފައެވެ.
ޖޮނަތަން ވަނީ އޮކްސިޖަން ބޭނުން ނުކޮށް 100 މީޓަރަށް 17 ސިކުންތު ތެރޭގައި ދުވުމުން އެ ރެކޯޑުވެސް މުގުރާލައިފައެވެ.
މީގެ ކުރިން މިދެ ރެކޯޑުވެސް ގާއިމް ކޮށްފައިވަނީ އިނގިރޭސި މީހެކެވެ. އޭނާ ވަނީ 670 ފޫޓަށް ދުވެފައެވެ. އަދި 100 މީޓަރަށް އޮކްސިޖަން ނުގުޅައި 24 ސިކުންތުން ދުވެފައެވެ.
ޖޮނަތަން އޭނާގެ ރެކޯޑް ހެދުމުގައި ވަނީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ