ޑެލްޓާ އެއާގެ ފްލައިޓެއް ''ނޯސް ލޭންޑިން ގިޔާ'' ތިރިނުކޮށް ރަންވޭއަށް ޖައްސައިފިއެވެ.

ޖުމުލަ 96 ފަސިންޖަރުންނާއި ފަސް ކުރޫން ތިބި އެ ފްލައިޓް އެމެރިކާގެ ކެރޮލީނާގެ ޗާލްޓް ޑޯގްލަސް އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ޖެއްސީ ހަމައެކަނި މެއިން ލޭންޑިން ގިއަރުގެ އެހީގައެވެ.

ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާއިރު، ފްލައިޓުގެ ''ނޯސް ލޭންޑިން ގިޔާ'' ތިރިނުކޮށް ޖެއްސި މައްސަލައިގެ ތަހުގީގު ވަނީ ފަށައިފައެވެ. އަދި ފްލައިޓް އެހެން ތަނަކަށް ގެންދިއުމަށް އެއާޕޯޓް ވަނީ ބަންދުކޮށްފައެވެ.

ޑެލްޓާ އެއާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފްލައިޓް ޖެއްސުމުގެ ކުރިން ޕައިލެޓުން ''ނޯސް ލޭންޑިން ގިޔާ'' ތިރިކުރި ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ޓެކްނިކަލް މައްސަލައެއް ޖެހި ''ނޯސް ލޭންޑިން ގިޔާ'' ތިރި ނުވީ ކަމަށް ބުނެފައިވެއެވެ.