ހައިހީލްސްގައި 100 މީޓަރަށް ދުވެގެން ދުނިޔޭގެ ރެކޯޑެއް މުގުރާލައިފިއެވެ.
ސްޕެއިންގެ ޗްރިސްޓިއަން ރޮބާޓޯ ހައި ހީލްސްގައި 100 މީޓަރަށް ދުވެފައިވަނީ 12.82 ސިކުންތު ތެރޭގައެވެ.
އުމުރުން 34 އަހަރުގެ ރޮބާޓޯ މުގުރާލާފައިވަނީ 2019 ވަނަ އަހަރު އަންދްރޭ އޯޓޯފް ހަދާފައިވާ 100 މީޓަރަށް 14.2 ސިކުންތުގައި ދުވެފައިވާ ރެކޯޑެވެ.
ރޮބާޓޯ ވަނީ އޭނާގެ ރެކޯޑް ގީނިސް ވޯލްޑް ރެކޯޑް ފޮތުން ގަބޫލުކޮށްފައިވާ ކަމަށް އަންގާފައިވާކަމަށް ބުނެފައެވެ. އެ ރެކޯޑު ހެދުމަށް ހައި ހީލްއަށް އަރައިގެން ބާރަށް ދުވުމަކީ އުދަނގޫ މަސައްކަތެއް ކަމަށްވެސް ރޮބާޓޯ ވަނީ ބުނެފައެވެ.
ހައި ހީލްސް އަށް އަރައިގެން ފިރިހެނުންގެ ދުވުމުގެ މުބާރާތްތަކަކީ ސްޕެއިންގައި ވަރަށް ގިނައިން އޮންނަ މުބާރާތްތަކެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ