ދަތުރުގައި ބައިވެރިވުމަށް ސުލައިމާން ފުރަތަމަ ދެކޮޅު ހެދި ކަމަށާއި އޭނާ ދިޔައީ ބައްޕަ ބުނީމަ ނޫނެކޭ ނުބުނަން ވެގެން ކަމަށް، ގެއްލުނު ސަބްމެރިން ހާދިސާގައި މަރުވި ސުލައިމާންގެ އާއިލާއިން ބުނެފިއެވެ.
ފަސް މީހުންނާއެކު ޓައިޓޭނިކް ބަލަން ކުޑަ ސަބްމެރިންއެއްގައި ކުރިދަތުރު ވެގެން ދިޔައީ ދިޔައީ އެމީހުންގެ ހަޔާތްވެސް ނިމިގެން ދިޔަ ދަތުރުކަމުގައެވެ. އެ ސަބްމެރިން އިން ދަތުރުކުރި މީހުންގެ ތެރެއިން ޝާހްޒާދާ ދާއޫދު ވަނީ ދަތުރުގައި އޭނާގެ 19 އަހަރުގެ ދަރިފުޅު ސުލައިމާން ދާއޫދު ބައިވެރިކޮށްފައެވެ.
ޕާކިސްތާނުގެ މިލިއަނަރު ޝާހްޒާދާ ދާއޫދުގެ ދައްތަ އަޒްމާ ދާއޫދު އެމެރިކާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި، ސަބްމެރިން ދަތުރުކުރުމަށް ތައްޔާރުވި ހިސާބުން ސުލައިމާން އެކަމަށް އިންކާރު ކުރިއެވެ.
ސުލައިމާނުގެ ބޮޑުދައިތަ ބުނީ އޭނާ އެ ދަތުރުދާން ބޭނުން ނުވީ އެކަމަށް ޖެހިލުންވިލެއް ބޮޑުކަމުން ކަމަށެވެ. ދަތުރުގެ ވާހަކަ އެނގުމާ ހިސާބުންވެސް ސުލައިމާން ބިރުގަނެފައި ހުރިކަމަށް ބުނެފައިވެއެވެ.
19 އަހަރުގެ ސުލެއިމާނު ސަބްމެރިން ދަތުރުގައި ބައްޕައާއި އެކު ބައިވެރިވުމަށް އެންމެ ފަހުން ނިންމީ ބައްޕައިންގެ ދުވަހުގައި ކުރަން އޮތް އެ ދަތުރު ދިއުމަށް ބައްޕަ އެދުމުން އެކަމަށް ނޫނެކޭ ނުބުނަންވެގެން ކަމަށް އަޒްމާ ވަނީ ބުނެފައެވެ.
އާއިލާގެ މުހިއްމު ދެ މެންބަރަކު ގެއްލުމުން މުޅި އާއިލާ އެކަމާ ހިތާމަ ކުރަމުން އަންނަކަމަށް އަޒްމާ ދާއޫދު ބުނެފައިވެއެވެ. ސަބްމެރިން ގެއްލުމުގެ ހަބަރު ލިބުމާއެކު އެންމެން އަބަދު ތިބެނީ ޓީވީ ކައިރީގައި ވާނުވާ ބަލަން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ސަބްމެރިންގައި ޓައިޓޭނިކް ބަލަން ދިއުމަށް ޝާހްޒާދާ ދާއޫދު އަދި ދަރިފުޅު ސުލައިމާން ދާއޫދު ވަނީ 500،000 އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ