ކުރިން ލިބެން ހުރި އެންމެ ބޮޑު ޓީވީގެ ބޮޑު މިނަކީ 85 އާއި 98 އިންޗިއެވެ. އެހެން ނަމަވެސް މިހާރު މިއޮތީ 100 އިންޗީގެ ޓީވީއެއް ބެހެއްޓުމަށް ޖާގަ ހަދަން ޖެހިފައެވެ. އެންމެ ފަހުގެ ސަމްސަން ޓީވީ ގަންނަން ރަނގަޅު ބަޖެޓެއް އޮތްނަމަ އެ ކުންފުނިން ދެން ނެރޭ ދުނިޔޭގެ އެންމެ ފުރިހަމަ އަދި އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ 100 އިންޗީގެ ޖާގަނަގާ ޓީވީ 8،000 ޑޮލަރަށް ގަންނަން ތައްޔާރުވާށެވެ.
98Q80C، ސެމްސަން ބުރޭންޑްގެމި ބޮޑު ޓީވީއަކީ ކިއުއެލްއީޑީ ޑިސްޕުލޭ ހިމެނޭ، އުޖާލާ ތަސްވީރުތަކާއި އެންމެ ފުރިހަމަ ކުލަތައް ހިމެނޭ މޮޑެލްތަކުގެ ސާފު ފޮޓޯ (އިމޭޖް) ކޮލިޓީ ލިބޭނެ ހަމަ އެކަނި ޓީވީއެވެ. މި ޓީވީއާ އެންމެ ކައިރިން ވާދަ ކުރާނީ އެލްޖީ ބުރޭންޑްގެ 97 އިންޗީގެ އޯއެލްއީޑީ ޖީ2 ގެ ޓީވީއެވެ. އެހެން ނަމަވެސް ސަމްސަން 100 އިންޗީގެ ޓީވީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ވާނެއެވެ. ސުމާޓް ޓީވީ ތަކުގެ ތެރޭގައި މި ބޮޑު ޓީވީ އާއި ވާދަ ކޮށްލެވޭނެ މިވަރުގެ އެހެން ޓީވީއެއް އަދި ނެތް ކަމަށް ޓެކް މީހުން އަންނަނީ ބުނަމުންނެވެ.
މި ޓީވީގެ ސްޕެސިފިކޭޝަންތަކަށް ބަލާއިރު، ސެމްސަންގްގެ ނިއޯ ކިއުއެލްއީޑީ ހިމެނޭ ކިއުއެން90ބީ ނުވަތަ އެހެން މޮޑެލްތަކަށް ވުރެ ރަނގަޅަށް ކިއު80ސީ ޕާފޯމް ކުރާނެއެވެ. އެހެން ޓީވީތަކުގައި ކިއު80ސީއާ ހިލާފަށް މިނީ އެލްއީޑީ ބެކްލައިޓްތައް ބޭނުންކުރާތީ، ޓެސްޓްތަކުގައި އެއަށްވުރެ ވެސް އުޖާލާ ތަސްވީރުތަކާއި މާ ސީދާ ހައި ޑައިނަމިކް ރޭންޖް ޕާފޯމަންސެއް މި ޓީވީން ލިބިގެންދެ އެވެ. ނަމަވެސް ކިއު80ސީ އިން ފުލް އެރޭ ލޯކަލް ޑިމިންގް ލިބޭއިރު، އެ ފީޗާ ނެތް ޓީވީތަކާ އަޅައިބަލާއިރު އޭގެ ޕިކްޗާ ކޮލިޓީއަށް ވުރެ ހުރިހާ ގޮތަކުން ވެސް ސަމްސަންގެ އެންމެ ފަހުގެ މި ޓީވީ ކުރިހޯދައެވެ.
100 އިންޗި، ފޫޓުން ބަލާއިރު 8 ފޫޓަށް ވުރެ ބޮޑު ޑައިގޮނަލް ސްކްރީން ހިމެނޭ އެލްސީޑީގެ މި ބޮޑު ޓީވީގައި އެންމެ ފުރިހަމަ ހައި ޑެފިނިޝަން އަޑު ހިމެނޭނެއެވެ. އެހެން ކުންފުނިިތަކުން ނެރޭ ބޮޑެތި ޓީވީތަކުގައި އަޑާއި ފޮޓޯ ކޮލިޓީ ދިމާނުވިނަމަވެސް ދުނިޔޭގައި ޑީސްޕުލޭ އުފެއްދުމުގެ ރަސްގެފާނަކީ އަދިވެސް ސަމްސަން ކުންފުނިކަން މި ބޮޑު ޓީވީ ނެރުމުން ޔަގީން ކޮށްދެއެވެ. އަޑާއި މަންޒަރާ އެންމެ ފުރިަހަމަށް މަސައްކަތް ކުރާ ފެންވަރުގެ މި ސައިޒްގެ ބޮޑު ޓީވީއަކަަށް 8000 ޑޮލަރުގެ އަގަކީ ބޮޑު އެއްޗެއް ނޫންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ