އިންޑިއާގެ ހޮޓަލެއްގައި އޮޅުވާލައިގެން، ދެ އަހަރުވަންދެން މީހަކު އުޅެފިއެވެ.

ދިއްލީގެ މައި އެއާޕޯޓު ސަރަހައްދުގައި ހުންނަ ރޮސީޓް ހައުސް ނަމަކަށް ކިޔާ އެ ހޮޓަލެއްގައި އެމީހާ ވަނީ 603 ދުވަހުގެ މުއްދަތަކަށް ކޮޓަރިއެއް ނަގައިގެން އުޅެފައެވެ.

އެމީހާއާ ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާ ކޮށްފައިވާއިރު އޭނާ އެ ހޮޓަލުގައި ހުރި މުއްދަތުގައި 5 މިލިއަން ރުޕީސް އަށްވުރެ ބޮޑު އަދަދެއް ބިލަށް އަރާފައިވާކަމަށް ހޮޓަލުގެ މެނޭޖަރާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އެމީހާ އެހޮޓަލަށް ޗެކިން ވެފައިވަނީ 30 މެއި 2019 ގައި އެވެ. އޭނާ ވަނީ 2022 ވަނަ އަހަރުގެ 22 ވަނަ ދުވަހާ ހަމައަށް އެހޮޓަލުގައި އުޅެފައެވެ.

އިންޑިއާގެ ނޫސްތަކުން ވަނީ އޭނާ ހޮޓަލުގައި އުޅުނު ދުވަސްތަކުގައި ބިލްތައް އޮޅުވާލައި އެހެން މީހުންގެ ބިލްތަކާ އެއްކޮށް ބައެއް ބިލުތައް ނިންމާފައިވާކަމަށް ބުނެފައެވެ. މިކަމުގައި އެ ހޮޓަލުގެ މުވައްޒަފުންގެ ބައިވެރިވުން އޮތްކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.