ރާއްޖެއަށް މަކިޓާ ތައާރަފުކުރިތާ 25 އަހަރު ފުރުން ފާހަގަކުރަން ޕްރޮމޯޝަނެއް ފަށައިފިއެވެ.
ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން މިއަދު ބުނީ އެ ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކަމަށެވެ. އެ ޕްރޮމޯޝަންގެ ދަށުން މަކިޓާ އުފެއްދުންތަކުން 40 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށްވެސް ބުންޏެވެ.
އެސްޓީއޯ އިން ވަނީ، މަކިޓާ ޝޯ ރޫމުން މިއަދު ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ 25 ވަނަ ކަސްޓަމަރަކަށް ހާއްސަ ހަދިޔާވެސް ދީފައެވެ.
އޭގެ އިތުރުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް މަކިޓާގެ ޝޯ ރޫމުން އެންމެ ގިނައިން ވިޔަފާރިކުރި ފަސް ފަރާތަށް ހާއްސަ ހަދިޔާއެއްވެސް ދީފައިވެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި