ޓެކްނިކަލް މައްސަލައެއް ޖެހި، އެމެރިކާގެ ޖާސޫސީ ސެޓަލައިޓް ލޯންޗު ކުރެވޭނެ ގޮތެއް ނުވި ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފިއެވެ.
އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުގެ ޖާސޫސީ ސެޓަލައިޓް ލޯންޗު ކުރުމަށް ހުރިހާކަމެއް ތައްޔާރު ކުރުމަށްފަހު އެންމެ ފަހު ވަގުތު ވަނީ ކެންސަލް ކޮށްފައެވެ. ޓެކްނިކަލް މައްސަލައެއްގައި ލޯންޖުކުރުން ކެންސަލްކުރި ނަމަވެސް، ލޯންޗު ކުރުމުގެ މަސައްކަތް ފަހުން ކުރާނެކަމަށް އޮފިޝަލުން ބުނެއެވެ.
ޖައްވީ އުޅަނދުތަކާބެހޭ އިދާރާ ޔުނައިޓެޑް ލޯންޗް އެލައިންސް އިން ބުނެފައިވަނީ މައްސަލަ ދިމާވީ، ޖާސޫސީ ސެޓަލައިޓްގެ ގްރައުންޑް ސިސްޓަމަށް ކަމަށާއި، އެ މައްސަލަ ދެނެގަނެވި އެކަން ހައްލުކޮށްފައިވާ ކަމަށެވެ.
ސެޓަލައިޓް ލޯންޗު ކުރުން ލަސްކޮށްފައިވާއިރު މޫސުމަށް އަންނަ ބަދަލަކުން ޝެޑިއުލަށް ބަދަލު އައުން އެކަށީގެންވާކަމަށް އޮފިޝަލުން ބުނެއެވެ.
އެމެރިކާއިން ޖައްވަށް ފޮނުވަން ތައްޔާރުވާ ޖާސޫސީ ސެޓަލައިޓަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ އޭގައި އެކުލެވޭ ސެޓަލައިޓެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ