އިންޑިއާގެ އުއްތަރަޕްރަދޭޝްގައި އުމުރުން 60 އަހަރުން މަތީގެ މީހުން ގެއިން ބޭރަށް ނުނިކުތުމަށް އަންގައިފިއެވެ.
އިންޑިއާގެ އުތުރުގެ ސިޓީތަކަށް އާދަޔާ ހިލާފަށް ހޫނުވެ ނުރައްކަލުގެ އެލާޓް ވަނީ ނެރެފައެވެ.
އިންޑިއާގެ އުތުރުން އުއްތަރަޕްރަދޭޝްގައި ހޫނު ގަދަވެ، ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭ 34 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.
މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 60 އަހަރުން މަތީގެ މީހުން ކަމަށާއި އެ އުމުރުފުރާގެ މީހުންނަށް ހޫނުގެ ސަބަބުން ނުރައްކާ ބޮޑުވެދާނެތީ އެ އުމުރުފުރާގެ މީހުން ގެއިން ބޭރަށް ނުނިކުތުމަށް އަންގާ ކަމަށް އޮފިޝަލުން ބުނެއެވެ.
އިންޑިއާގެ މީޓިރިއޮރޮޖިކަލް ސެންޓަރުގެ މައުލޫމާތުތަކަށް ބަލާ އިރު، އެގައުމުގެ ބައެއް ސަރަހައްދުތަކުން ހޫނުމިން 42.2 ޑިގްރީއަށް ވަނީ އަރައިފައެވެ.
އުއްތަރަޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޮގީ އަދިތިޔަނާތު ވިދާޅުވީ އެ ސިޓީއަށް ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ ނިސްބަތް ބޮޑުތަނުން އިތުރުވެފައިވާ ކަމަށާއި ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ހުރި ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ