ސަންފެރެންސިސްކޯ އެއާޕޯޓުން ދަތުރުކުރާ ފަރާތްތަކަށް އެހީވުމަށް ބުޅަލަކަށް ވަޒީފާދީފިއެވެ.
އެމެރިކާގެ ސަންފްރެންސިސްކޯ އެއާޕޯޓުން ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ވައިގެ ދަތުރުފަތުރު ކުރުމުގައި ހާސްވެ ޖެހިލުންވާ ފަރާތްތައް ހަމަޖެހިލުމަށް އެހީތެރިކަން ދިނުމަށް އެއެއާޕޯޓުން ވަނީ ބުޅަލެއް ވަޒީފާއަށް ނެރެފައެވެ.
އެ އެއާޕޯޓުގެ ޓުވިޓާއިން ވަނީ ބުޅަލުގެ ފޮޓޯ ހިއްސާކޮށްފައެވެ. ފޮޓޯއިން ފެންނަގޮތުން 14 އަހަރުގެ އެ ބުޅާވަނީ ޕައިލެޓް ތޮފި އަޅައި ޔުނީފޯމުވެސް ލައްވައިފައެވެ.
ސަންފްރެންސިސްކޯ އެއާޕޯޓުން ވަނީ 2013 ވަނަ އަހަރު އެއެއާޕޯޓުގައި ފަސެންޖަރުންގެ ހިތްހަމަޖެހުމާއި ފަސެންޖަރުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ތަމްރީނު ދީފައިވާ ޖަނަވާރުންގެ ޓީމެއް އުފައްދާފައެވެ. އެ ޓީމުގައި ކުއްތާ އާއި މުސަޅުގެ އިތުރުން ބުޅާވެސް ހިމެނެއެވެ.
ސަންފްރެންސިސްކޯ އެއާޕޯޓުން ވަނީ ޖަނަވާރުންގެ އެހީގައި ފަސިންޖަރުންނަށް އެހީވާން ފެށުމާއެކު ފަސެންޖަރުންގެ ފަރާތުން ޕޮޒިޓިވް ކޮމެންޓުތައް ވަނީ ލިބެން ފަށާފައެވެ.