ކައްކާ ގޭހުގެ ސަބަބުން ވެސް ކެންސަރަށް މަގުފަހިވާކަމަށް ދިރާސާއަކުން ހާމަވެއްޖެއެވެ.
މަޝްހޫރު ސްޓެންފޯޑް ޔުނިވަސިޓީގެ ދިރާސާކުރާ ފަރާތްތަކުން ކުރި މި ދިރާސާއަކުން އެނގުނުގޮތުގައި، ކެއްކުމަށް ބޭނުންކުރާ ގޭހުން ބެންޒޭން ނަމަކަށްކިޔާ ނުރައްކާތެރި ގޭހެއް ބޭރުވެއެވެ. އެއީ ކެންސަރަށް މަގުފަހިވާ ގޭހެއް ކަމަށްވެސް މި ދިރާސާއިން ވަނީ ހާމަވެފައެވެ. އުނދުން ރޯކުރާ ގަޑީގައި މި ގޭސް އެ ސަރަހައްދަށް ފެތުރިގެންދާ ކަމަށްވެސް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
ދިރާސާ ޓީމުން ވަނީ މިދިޔަ އަހަރު ކެލިފޯނިއާގެ 87 ގޭބިސީއެއްގައި ބެންޒޭންގެ އަސަރު ހުންނަ މިންވަރު ދިރާސާކޮށްފައެވެ.
އެމެރިކާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އިން ވަނީ ބެންޒޭން ކެމިކަލް އަކީ ލޭގެ ކެންސަރު ޖެހުމަށް މަގުފަހިވާ އެއްޗެއްވެސް ކަމަށް މީގެ ކުރިން ފާހަގަކޮށްފައެވެ.
ދިރާސާ ކުރި ޓީމުން ވަނީ ބެންޒޭންގެ ނުރައްކަލުން ސަލާމަތްވުމަށް ބަދިގެ ރަނގަޅަށް ވައިދައުރުވާ ގޮތަށް ބެހެއްޓުން މުހިއްމު ކަމަށް ފާހަގަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ