ތިން ހާސް އަހަރުވެފައިވާ ކަނޑިއެއް ޖަރުމަނުން ހޯދައިފިއެވެ.

އާކިއޮލޮޖިސްޓުން ބުނީ ޖަރުމަނުގެ ބަވާރިއާ ސްޓޭޓުން ފެނިފައިވާ ކަނޑިއަށް 3000 އަހަރުވެފައިވާ ކަމަށާއި ކަނޑި އޮތީ ހަލާކުވެސް ނުވެ ރީތިކޮށް ކަމަށެވެ.

ބްރޯންޒް ބޭނުންކޮށްގެން ހަދާފައިވާ އެ ކަނޑި ވަޅުލާފައިވަނީ 14 ވަނަ ގަރުނުގައި ކަމަށް ބެލެވޭ ކަމަށް އާކިއޮލޮޖިސްޓުން ބުނެއެވެ.

އާކިއޮލޮޖިސްޓުން ހޯދި ކަނޑި އޮތީ ތިން މީހުން ވަޅުލާފައިވާ ކަށްވަޅެއްގައެވެ. އާކިއޮލޮޖިސްޓުން ވަނީ އެ ސަރަހައްދު ކޮނެ، އިތުރު ތަހުލީލުތައް ކޮށް، ގިނަ ކަންތައްތަކެއް ހޯދުމުގެ މަސައްކަތް ފަށައިފައެވެ. އެގޮތުން އެމީހުން މަރުވި ސަބަބާއި އެއީ ކޮން ބައެއްތޯ ދެނެގަތުމަށް މަސައްކަތްކުރާނެ ކަމަށް ވަނީ ބުނެފައެވެ.

އާކިއޮލޮޖިސްޓުން އެ ސަރަހައްދު ކޮނުމާއެކު އިހު ޒަމާނުގެ އަގުބޮޑު އާލާތްތައް ފެނިފައިވާ ކަމަށް ވަނީ ބުނެފައެވެ.