އިސްލާމިކް ޔުނިވާސިޓީން އޮފް މޯލްޑިވްސް (އައިޔޫއެމް)އިން މާދަމާ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.

އައިޔޫއެމްއިން ކުޑަކުދިންގެ ހަވީރު ބާއްވަނީ މާދަމާ 16:00 އިން 18:00 އަށް ރަސްފަންނުގައި "އައިޔޫއެމް ފަން ފެސްޓް 2023" ނަމުގައެވެ.

އެ ކުޑަކުދިންގެ ހަވީރުގައި ފުލުހުން އަދި އެމްއެންޑީއެފްގެ އޮފިސަރުންނާއެކު ފޮޓޯ ނެގުމާއި އެ ދެ މުއައްސަސާގެ ވެހިކަލްތަކާއެކުވެސް ފޮޓޯ ނެގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އައިޔޫއެމްއިން ބުންޏެވެ.

އައިޔޫއެމްގެ ލެކްޗަރާއެއް ކަމަށްވާ ފަޒްނާ އަހުމަދު "ވަން" އަށް މިރޭ ވިދާޅުވީ އެ ކުޑަކުދިންގެ ހަވީރުގައި އައިޔޫއެމްގެ ކޯސްތަކުގެ މައުލޫމާތު ހިމެނޭ ލީފްލެޓް ބެހުމާއި ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އައިޔޫއެމް ފަން ފެސްޓް 2023" ގައި ބެލޫން އެކްޓިވިޓީސްއާއި ޕަޒަލް އަދި ކަލަރިން އެކްޓިވިޓީސްގެ އިތުރުން ޓުވިސްޓާ ފަދަ ހަރަކާތްތަކެއް ބާއްވާނެ ކަމަށާއި އެ ހަވީރުގައި ބައިވެރިވާ ކުދިންނަށް ހަދިޔާ ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.