ޖަޕާނުގައި ސިފައިންގެ ތަމުރީނެއްގައި ބަޑިޖަހައި ދެމީހަކު މަރާލައިފިއެވެ.
ޖަޕާނުގެ މެދުތެރޭ އޮންނަ މިލިޓަރީ ޓްރޭނިން ރޭންޖެއްގައި އަސްލު ވަޒަން ބޭނުންކޮށްގެން ހަދާ ތަމްރީނެއްގައި 18 އަހަރުގެ މީހަކު ވަނީ 8 ފަހަރު ބަޑިޖަހާފައެވެ.
އެ ހާދިސާގައި މަރުވެފައިވަނީ ދެ އިންސްޓްރަކްޓަރުން ކަމަށް އޮފިޝަލުން ބުނެފައިވެއެވެ. ތަމްރީނު ހަދަމުން އަންނަ އިތުރު ބައެއް މީހުނަށް ފަރުވާދެމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ބަޑިޖެހުމާއެކު ޖަޕާނުގެ ފުލުހުން ވަނީ ސިފައިންގެ މީހާ ހައްޔަރުކޮށް ތަހުގީގު ފަށާފައެވެ. އޭނާ ސިފައިންގެއަށް ވަދެފައިވަނީ މިދިޔަ އޭޕްރީލް މަހު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ޓްރެއިނިންގް ރޭންޖު ހިމެނޭ ސަރަހައްދުގައި އާންމުންވެސް ދިރިއުޅެއެވެ. ނަމަވެސް އާންމު މީހަކަށް ހަމަލާގެ ސަބަބުން އަސަރެއް ނުކުރާކަމަށް ފުލުހުން ބުނެއެވެ.
ޖަޕާނު ސަރުކާރުން ވަނީ ހާދިސާއަށް ފަހު ފިޔަވަޅެއްގެ ގޮތުން އެގައުމުގެ އެއްވެސް ސަރަހައްދެއްގައި ގޮއްވައިގެން ނުވަތަ އަސްލު ވަޒަން ބޭނުންކޮށްގެން ކުރާ އެއްވެސް ތަމްރީނެއް ނުކުރުމަށް އަންގާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ