ދެވަނަ ފަހަރަށް ފަށައިގެންވެސް މަޖިލިސް ޖަލްސާ ކުރިއަށް ނުގެންދެވިގެން މެދުކަނޑާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފުރަތަމަ ފެށިތަނުން، އެޖެންޑާއާ މެދު ހިތްހަމަނުޖެހިގެން، މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފިކުރެއްގެ ދިރުމުގެ މަޖިލިސް މެންބަރުންނާއި އިދިކޮޅު މެންބަރުން ޖަލްސާ ކުރިއަށް ގެންދަން ހުރަސް އެޅުމުން، ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށްގެން ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތެއް ހަދަން ފުރުސަތު ދިނުމަށް 9:35 އެހާކަންހާއިރު ޖަލްސާ މެދުކަނޑައިލިއެވެ.
އެއަށްފަހު ޖަލްސާ ފެށީ 11:35 އެހާކަންހާއިރުއެވެ. ނަމަވެސް ޖަލްސާ އިތުރަށް ކުރިއަށް ނުގެންދެވިގެން އަނެއްކާވެސް މެދުކަނޑާލައިފިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު