ހަތަރު ދުވަސް ވަންދެން ހުއްޓާނުލައި ކައްކައިގެން ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަހޯދައިފިއެވެ.
ނައިޖީރިޔާއަށް ނިސްބަތްވާ ޝެފް ހިލްޑާ އެފޮންގް ބައްސީ ވަނީ ޖުމުލަ 93 ގަޑިއިރާއި 11 މިނެޓުވަންދެން ކައްކާފައެވެ.
ގިނިސް ވޯލްޑް ރެކޯޑް ފޮތުން ވަނީ ބައްސީ ހެދި ރެކޯޑު ބަލައިގަނެ އޭނާއަކީ ދުނިޔޭގައި އެންމެ ގިނައިރުވަންދެން ހުއްޓާނުލައި ކެއްކި މީހާކަމަށް ކަނޑައަޅާފައެވެ.
ބައްސީ ވަނީ އޭނާ ހުއްޓާ ނުލައި ކެއްކިކަން ސާބިތު ކުރުމަށް ގިނިސް ވޯލްޑް ރެކޯޑަށް ވީޑިއޯ ފޮނުވާފައެވެ. ގިނިސް ވޯލްޑް ރެކޯޑްސް އިން ވަނީ ބައްސީ ވީޑިއޯގެ ވެރިފައި ކުރުމަށް މަސްދުވަހުގެ ރިވިއުއެއް ކޮށްފައެވެ.
އުމުރުން 26 އަހަރުގެ ބައްސީ ކައްކަން ފަށާފައިވަނީ މޭމަހުގެ 11 ވަނަ ދުވަހު އެވެ. އޭނާ ކެއްކުން ހުއްޓާލީ 15 ވަނަދުވަހުއެވެ. ބައްސީ ވަނީ ހަތަރު ދުވަސްތެރޭ 100 އަށްވުރެ ގިނަ ކެއުން ތައްޔާރުކޮށްފައެވެ.
ބައްސީ ވަނީ އޭނާއަށް ހުރިހާ ހިތްވަރެއް ދިނީ އޭނާގެ މަންމަ ކަމަށް ބުނެފައެވެ. އެހާ ގިނައިރު ކެއްކުމުގައި ހޭދަކުރިއިރު އޭނާގެ އެކުވެރިންގެ އެހީތެރިކަން ބައްސީ ވަނީ ފާހަގަކޮށްފައެވެ.
މީގެ ކުރިން މިރެކޯޑް އޮންނަނީ އިންޑިއާގެ ލަތާ ޓޮންޑޮން އަތުގައެވެ. އޭނާ ވަނީ ނުހުއްޓައި 87 ގަޑިއިރާއި 45 މިނެޓު ކައްކައިގެން 2019 ވަނަ އަހަރު ރެކޯޑު ފޮތަށް އަރާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ