ލަންކާގެ މައި އެއާޕޯޓުގައި އޮޓޮމޭޓެޑް ބޯޑާ ކޮންޓްރޯލް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފަސެންޖަރުންނަށް ދޭ ހިދުމަތް އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި ސްރީލަންކާގެ މައި އެއާޕޯޓް، ބަންޑާރަ ނަޔެކަ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮޓޮމޭޓެޓް ބޯޑަަރ ކޮންޓްރޯލް ގާއިމު ކުރަނީ އެގައުމުގެ ސަރުކާރުގެ އިސްނެގުމުގެ މަތިންނެވެ.

ސިސްޓަމް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ލަންކާގެ އެއާޕޯޓް އެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑާއި ބަންޑާރަ ނަޔެކަ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު ސޮއި ކޮށްފައިވާއިރު 8 މަސް ދުވަސްތެރޭ އެ ސިސްޓަމް ގާއިމު ކުރުމަށް ވަނީ ނިންމާފައެވެ.

އޮޓޮމޭޓެޑް ބޯޑާ ކޮންޓްރޯލް ގާއިމު ކުރުމަށްފަހު އެ ސިސްޓަމް ބަލަހައްޓާނީ އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުންނެވެ.

މި ޕްރޮޖެކްޓްގެ ފުރަތަމަ ސްޓޭޖުގައި އޮޓޮމޭޓެޑް ބޯޑާ ކޮންޓްރޯލްގެ ދެ ސިސްޓަމް އަދި އީގޭޓްގެ ދެ ސިސްޓަމް ޑިޕާޗާ ޓާމިނަލްގައި ގާއިމު ކުރާނެއެވެ. އޭގެ ފަހުން އެރައިވަލްގައިވެސް ދެސިސްޓަމް ގާއިމު ކުރާން ވަނީ ނިންމައިފައެވެ.