އިންޑިއާގައި މީހަކު ހައްޔަރު ކުރިއިރު ގޭތެރެއިން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެއެވެ.
އިންޑިއާގެ މުމްބާއީ ސިޓީގެ ފުލުހުން ވަނީ މަނޯޖް ސޭން ނަމަކަށްކިޔާ މީހެއްގެ އެޕާޓްމަންޓުން ކުނި ވަހެއް ދުވާތީ އަވަށްޓެރިން ރިޕޯޓު ކުރުމާގުޅިގެން އޭނާގެ އެޕާޓްމަންޓު ބަލައިފައެވެ. ފުލުހުންނަށް ފެނުނީ އޭނާގެ އެޕާޓްމަންޓުގެ ތެރެއިން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެކެވެ.
ފުލުހުން ހިންގި ތަހުގީގުން ހާމަވީ ސޭންގެ ގޭތެރެއިން ފެނިފައިވަނީ އޭނާގެ ލޯބިވެރިޔާ، އުމުރުން 32 އަހަރުގެ ސަރަސްވަތީ ވައިދިޔާގެ ހަށިގަނޑުގެ ބައިތައްކަމަށް ޔަގީން ވެފައެވެ. އެ އެޕާޓްމަންޓުން ވައިދިޔާގެ ހަށިގަނޑުގެ ބައިތައް ކޮށާލާފައި އެކިތަންތަނަށް އުކާލާފައި ހުރިތަން ފެނިފައިވާކަމަށް ފުލުހުންގެ އޮފިޝަލު ބުނެފައިވެއެވެ.
މުމްބާއިގެ ފުލުހުން ވަނީ ސޭން ހައްޔަރުކޮށް އިތުރަށް ތަހުގީގު ފަށާފައެވެ. އެގޮތުން ވައިދިޔާ މަރާލާފައިވާ ސަބަބު ހޯދުމަށް އޭނާއާ ސުވާލު ކުރަން ފަށާފައިވެއެވެ.
އިންޑިއާގައި މީގެ ހަތްމަސް ކުރިން ވެސް މީހަކު ވަނީ އޭނާގެ ލޯބިވެރިޔާ މަރާލައި ހަށިގަނޑުގެ ބައިތައް ކޮށާލައި އެ ސިޓީގެ އެކި ސަރަހައްދުތަކަށް އުކާލާފައެެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ