ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލުން ޒެފްރޯލާއި ދިވެހި ސިފައިންގެ ކުލަބު ޖާގަ ހޯދައިފިއެވެ.
މިއަހަރު ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި ވާދަކޮށްފައި ވަނީ 10 ޓީމަކުންނެވެ. ދެ ގްރޫޕަށް ބަހާލައިގެން ގްރޫޕް ސްޓޭޖު ކުރިއަށް ގެންގޮސްފައިވާ އިރު، ކޮންމެ ގްރޫޕަކުންވެސް ސެމީ ފައިނަލަށް ދިޔައީ ދެޓީމެވެ.
މުބާރާތުގެ ސެމީ މެޗުތައް ރޭ ކުޅެފައިވާއިރު، ސެމީގެ ފުރަތަމަ މެޗުގައި ކުލަބު ޒެފްރޯލުން ނުކުތީ ވެލިދޫ ޔުނައިޓެޑާ ދެކޮޅަށެވެ. އެމެޗު ތަފާތު ބޮޑުކޮށް ޒެފްރޯލުން ކާމިޔާބުކުރީ 45-24 ގެ ނަތީޖާއަކުންނެވެ.
ގްރޫޕް ސްޓޭޖު މެޗަކުން ބަލިނުވެ ރޭގެ ސެމީއަށް ނުކުތް ޒެފްރޯލް ޓީމުން މުހައްމަދު ފިރުނާޝް އަބްދުﷲ، އަބްދުﷲ ޒިޔާއު އަދި އާދިލް ޝަހީދުގެ ކުޅުން ފާހަގަކޮށްލެވުނެވެ.
ރޭގެ ދެވަނަ ސެމީ މެޗުގައި ސިފައިން ވަނީ ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ 25-23 އިން ބަލިކޮށްފައެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަންގެ ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހުއެވެ.
ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގައި މިއަދު ކުޅޭނީ އަންހެން ޑިވިޝަންގެ ސެމީ ފައިނަލް މެޗުތަކެވެ. ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޗެމްޕިއަން އޮރިކްސް ނިކުންނާނީ ރެޑްހޯކްސްއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ކީންސް ނިކުންނާނީ ތުޅާދޫ ޔަންގް އީގަލްސް ސްޕޯޓްސްއާ ދެކޮޅަށެވެ.
ހޭންޑްބޯލް
ހޭންޑްބޯލް
ހޭންޑްބޯލް
ހޭންޑްބޯލް