އެއާ އިންޑިއާ ފްލައިޓެއްގެ އިންޖީނު މައްސަލަޖެހި ރަޝިޔާގެ އެއާޕޯޓަކަށް ޖައްސައިފިއެވެ.
އިންޑިއާގެ ދިއްލީން ސެންފްރެސްސިސްކޯ އަށް ތަރުރުކުރަމުންދިޔަ އެއާއިންޑިއާގެ ބޮއިން 777 މަރުކާގެ ފްލައިޓު އިމަޖެންސީގައި ޖައްސާފައިވަނީ ރަޝިޔާ އިން ކޮންޓްރޯލްކުރާ ސައިބީރިއާގެ މަގަޑަން އެއާޕޯޓަށެވެ.
ޖުމްލަ 216 ފަސެންޖަރުންނާއި 916 ފަޅުވެރީން ދަތުރުކުރި އެފްލައިޓު އެއާޕޯޓަށް ރައްކާތެރިކަމާއެކު ޖައްސާފައިވާކަމަށް އެއެއާލައިނުން ނެރުނު ބަޔާނެއްގައި ވެއެވެ. ފްލައިޓު ޖެއްސުމާއެކު ދިމާވި މައްސަލަ ހޯދައި ސަލާމަތީ ބެލުންތައް ބަލަމުން އަންނަކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެއާއިންޑިއާއިން ވަނީ މެގަޑަން އެއާޕޯޓުގައި ތާށިވެފައި ތިބި ފަސެންޖަރުން ގެންދިއުމަށް މުމްބާއިީން އެހެން ފްލައިޓެއް ފޮނުވާފައިވާކަން ފާހަގަކޮށްފައެވެ. އެ ފްލައިޓުގައި ފަސެންޖަރުން ސެންފްރެންސިސްކޯއަށް ބުރާސްފަތި ދުވަހު ގެންދެވޭނެކަމަށް އެއާ އިންޑިއާއިން ބުނެފައިވެއެވެ.
އެމެރިކާ ސަރުކާރުންވެސް އަންނަނީ އެއާ އިންޑިއާ ފްލައިޓުގެ ކަންކަން ގާތުން ބަލަމުންނެވެ. އޮފިޝަލަކު ވަނީ އެފްލައިޓުގައި އެމެރިކާގެ ރައްޔިތަކު ހުރިކަން އަދި ޔަގީން ނުވާކަމަށް ބުނެފައެވެ.
އެއާ އިންޑިއާ ފްލައިޓުގައި ދަތުރުކުރާ ފަސިންޖަރަކާ ހަވާލާދީ އިންޑިއާގެ ނޫހަކުން ވަނީ އެމީހުންގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ.
ރަޝިޔާ ޔޫކްރޭނު ހަނގުރާމައިގެ ހޫނުކަން ގަދަވެފައިވާ ދަނޑިވަޅެއްގައި ރަޝިޔާގެ އެއާޕޯޓަކަށް ފްލައިޓު ޖެއްސުމުން އެކަމުގެ ސަބަބުން ފަސެންޖަރުންގެ ރައްކާތެރިކަމާ މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ