މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމު ކޮށްގެން ބާއްވާ މި އަހަރުގެ މޯލްޑިވްސް ނޭޝަނަލް ބޮޑީބޯޑިން ލީގު 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އަހަރުގެ ބޮޑީބޯޑިން ލީގު ފޯރިގަދަވާނެ ކަމަށް ލަފާކުރެވިފައިވާ އިރު، ލީގު އެކުލެވެނީ ހަތަރު އިވެންޓެއްގެ މައްޗަށެވެ. ލީގުގައި މާލެ ސަރަހައްދުން ބޭރުން، ފުވައްމުލަކުގެ އިވެންޓެއްވެސް ހިމަނާފައިވާ އިރު، މިއީ ބޮޑީބޯޑިން ލީގުގައި މާލެ ސަރަހައްދުން ބޭރުގައި އިވެންޓެއް ކުރިއަށްދާނެ ފުރަތަމަ ފަހަރެވެ.
ލީގާ ގުޅޭ ގޮތުން ބޮޑީބޯޑިން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) މިދިޔަ ހަފުތާގައި ވިދާޅުވީ، އެކި އިވެންޓުތަކަށް ޕޮއިންޓް ދޭނީ އެކި ވަރަށް ކަމަށެވެ. އަދި ފުވައްމުލަކުގެ އިވެންޓަށްވެސް ރަނގަޅު އަދަދަކަށް ޕޮއިންޓް ކަނޑައަޅާފައިވުމުން އެ އިވެންޓަށް ނުގޮސް އެތުލީޓުންނަށް ލީގު ނުހޯދޭނެ ކަމަށް ވިދާޅުވިއެވެ.
ރަޝް ވިދާޅުވީ މާލެ ސަރަހައްދުން ބޭރުގެ އެ އިވެންޓުން ގިނަ ޕޮއިންޓް ލިބޭނެ އުސޫލެއް ކަނޑައެޅީ މުބާރާތް ފޯރިގަދަ ކުރުމުގެ އިތުރުން ފުވައްމުލަކުގެ އެތުލީޓުންވެސް ވާދަވެރިވުމުން ކަމަށެވެ.
މި އަހަރު ލީގުގެ ފުރަތަމަ އިވެންޓް، ބުރުނު ޝިކާރު ތާވަލުކޮށްފައި ވަނީ މި މަހުގެ 17 އިން 23 އަށެވެ. އިވެންޓް އޮންނާނީ ވަރުނުލާ ރާޅުގަނޑުގައެވެ. ބޮޑީބޮޑިން ލީގުގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގު ހަމަޖެހިގެން ދިޔުމާ ގުޅިގެން އެ ކުންފުނީގެ ފަރާތުން ބުނީ ލީގުގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ.
"ބޮޑީބޯޑިން ލީގު 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި ރާއްޖޭގައި ވާދަވެރި ކުޅިވަރެއްގެ ގޮތުގައި ބޮޑީބޯޑިން ކުރިއަރަމުން ގޮސް، ދިވެހި އެތުލީޓުން މި ކުޅިވަރުގެ ބައިނަލްއަގުވާމީ ފެންވަރުގައި ރޭންކް ކުރެވިފައިވާތަން ފެނުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް." ދިރާގުގެ އެސިސްޓެންޓް މެނޭޖާ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވިއެވެ.
އެސޯސިއޭޝަންގެ ފަރާތުން ރައީސް އަބްދުﷲ އަރީފް (ފުކޫ) ވިދާޅުވީ ދިރާގާއެކު އެއްބަސްވުމަކަށް ދެވުމަކީ ޝުކުރު އަދާކުރާ ކަމެއް ކަމަށާއި ޑިޖިޓަލް އެހީތެރިކަމާ އެކު ވާދަވެރި ބޮޑީބޯޑިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ގާއިމުކުރުމަށް މަގުފަހިވާ ކަމަށެވެ.
"ރާއްޖޭގައި ބޮޑީބޯޑިން ކުރިއެރުވުމަށް ދިރާގުން ދެމުން ގެންދާ އެހީތެރިކަމަށް ޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި އެކުންފުނީގެ ޑިޖިޓަލް އެހީތެރިކަމާއި ހައި ސްޕީޑް ކަނެކްޓިވިޓީގެ ސަބަބުން ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގެ އިވެންޓްތައް އެކިކަންކޮޅުތަކުގައި ތިބޭ ފަރާތްތަކަށް ގެނެސްދީ ވާދަވެރި ބޮޑީބޯޑިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ގާއިމުކުރުމަށް މަގުފަހިވިކަމަށްޓަކައިވެސް އެކުންފުންޏަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން." އަރީފް ވިދާޅުވިއެވެ.
ދިރާގަކީ ރާއްޖޭގެ އެކިއެކި ކުޅިވަރުތަކަށް ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކުންފުންޏެވެ. ހާއްސަކޮށް ކުޅިވަރުގެ ގިނަ އިވެންޓްތަކެއް ލައިވް ކުރުމަށް ހާއްސަ އެހީތެރިކަމެއް ދިރާގުން ފޯރުކޮށްދެމުންދާ އިރު، އެ ކުންފުނި އަބަދުވެސް ފާހަގަކޮށްލެވެނީ އެތުލީޓުންގެ ކުރިމަގަށް މަސައްކަތްތަކެއް ކުރަމުން ގެންދާ ކުންފުންޏެއްގެ ގޮތުގައެވެ. ހާއްސަކޮށް ގިނަ އިވެންޓްތަކެއްގައި ޝާމިލުވެ، ދިރާގު ފާހަގަކޮށްލެވެނީ ދިވެހި އާބާދީއާ ރަނގަޅު ގުޅުންތެރިކަމެއް ދަމަހައްޓަމުންދާ ކުންފުންޏެއްގެ ގޮތުގައެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު