އޮޑިއްޝާ ރޭލު އެކްސިޑެންޓްގައި މިހާތަނަށް މަރުވި 83 މީހެއްގެ ހަށިގަނޑު ދެނެގަނެވިފަ ނުވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
އިންޑިއާގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ރޭލު އެކްސިޑެންޓުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 294 އަށް އަރާފައެވެ. އޮފިޝަލުން ވަނީ އޮޑިއްޝާ ސްޓޭޓްގެ ހޮސްޕިޓަލުތަކުގައި އަދިވެސް ގިނަ ބަޔަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވާނެކަމަށް ބެލެވޭކަމަށް ބުނެފައެވެ.
ތަހުގީގަށް ހާމަވެފައިވާ ގޮތުގައި އެކްސިޑެންޓް ވި ތިން ރޭލުގެ ތެރެއިން ދެ ރޭލަކީ މީހުން އުފުލާ ރޭލެވެ. އެ ދެރޭލުގައި 3000 އަށް ވުރެން ގިނަ މީހުން ފުރިބާރުވެގެން ދަތުރު ކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
އޮޑިއްޝާގެ ހޮސްޕިޓަލުތައް ފުރިފައިވާއިރު ގިނަ ބަޔަކު ވަނީ އާއިލާ މީހުން ނުފެނިގެން ހޮސްޕިޓަލުތަކަށް ޖަމާވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ