މިމަހުގެ 22ގެ ކުރިން ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ މި އަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދާ ގުޅިގެން މިމަހުގެ 29-25 ޖޫން އަށްވާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާތީ، މިމަހުގެ މުސާރަ މިނިސްޓްރީން ޕްރޮސެސްކުރާނެ އެންމެ ފަހު ތާރީހަކީ 22 ޖޫން ކަމަށެވެ.
ސަރުކާރުގެ އިދާރާތަކުގެ އެކައުންޓިން ސޮފްޓްވެއާ ބޭނުންކޮށްގެން، އޮފީސްތަކުގެ މުސާރައިގެ ވައުޗަރުތައް މި މަހުގެ 19 ގެ ކުރިން ހުށަހެޅުމަށް އެ ސާކިއުލާގައި ވަނީ ބުނެފަ އެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 27 ވަނަ ދުވަހެވެ. 25 ވަނަ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނަމަވެސް 26 ވަނަ ދުވަހު ބޭންކު ހުޅުވަން އެމްއެމްއޭ އިން ވަނީ ނިންމާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު