ފަސެންޖަރެއްގެ އުނދަގޫ ބޮޑުވެ ޑެލްޓާ ފްލައިޓެއް ޑައިވާޓް ކޮށްފިއެވެ.

ޕެރިހުން ފުރައިގެން އެމެރިކާގެ ޑެޓްރޮއިޑް އަށް ދަތުރުކުރަމުންދިޔަ ޑެލްޓާ ފްލައިޓުގައި ހުރި ފަސެންޖަރެއްގެ އުނދަގޫ ބޮޑުވުމާއެކު ބޯޓު ޑައިވާޓް ކުރީ ކެނެޑާއަށެވެ.

ކެނެޑާ އެއާޕޯޓުގެ އޮފިޝަލަކު ވަނީ ފްލައިޓުތެރޭގައި ހަމަނުޖެހުން ހިންގައި އަމަން ނަގާލި އެމީހާ ފްލައިޓު ޖެއްސުމާއެކު ފުލުހުން ހައްޔަރު ކޮށްފައިވާކަމަށް ބުނެފައެވެ.

ސޯޝަލް މީޑިއާގާއި ވައިރަލް ވެފައިވާ ވީޑިއޯއެއްގައި އޭނާ ހައްޔަރުކުރާ މަންޒަރު ފެންނައިރު އޭނާ އެވަގުތު ދިޔައީި ހައްޔަރު ކުރަނީ ކީއްވެތޯ ގޮވައި ހަޅޭއްލަވަމުންނެވެ. ހައްޔަރު ކުރިވަގުތުވެސް އޭނާ ދިޔައީ ގަދަ ދައްކަމުންނެވެ.

ޑެލްޓާގެ އޮފިޝަލުން ވަނީ އެއެއާލައިނުން ދަތުރުކުރާ ފަސެންޖަރުންނާއި ފްލައިޓުގެ ފަޅުވެރިންގެ ރައްކަލަށް ފްލައިޓު ތެރޭގައި ހަމަނުޖެހުން ހިންގާ މީހުންނަށް ފިޔަވަޅު އެޅުމުގައި އެއްވެސް ޖެހިލުމެއް ނުވާނެކަމަށް ބުނެފައެވެ.

ޑެލްޓާ ފްލައިޓު އެނބުރި އެމެރިކާއަށް ދަތުރުކޮށްފައިވަނީ ކެނެޑާގެ އެއާޕޯޓުގައި 90 މިނިޓު މަޑުކޮށްފައެވެ.