Close
ދުނިޔެ

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު އަނެއްކާވެސް އެލޮން މަސްކްއަށް

މުހައްމަދު އައުޒަމް

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު އަނެއްކާވެސް އެލޮން މަސްކްއަށް ލިބިއްޖެއެވެ.

ބްލޫމްބާގް ބިލިއަނާސް އިންޑެކްސް އިން ހާމަކޮށްފައިވާ ދުނިޔޭގެ އެންމެ މުއްސަނދި 500 މީހުންގެ ލިސްޓުގެ އެއްވަނައިގައި އެލޮން މަސްކް ހިމެނިފައިވާ އިރު، އޭނާގެ މިލްކިއްޔާތުގައި 192 ބިލިއަން ޑޮލަރު ހުރި ކަމަށްވެއެވެ.

އެންމެ ފަހުން ބްލޫމްބާގް ބިލިއަނާސް އިންޑެކްސް އިން ހާމަކުރި ލިސްޓުގެ އެއްވަނައިގައި ހިމެނިފައިވަނީ ފްރާންސްގެ ބިލިއަނަރު ބާނާޑް އާނަލްޓްއެވެ. އޭނާގެ މިލްކިއްޔާތުގައި 187 ބިލިއަން ޑޮލަރުހުރި ކަމަށް ފާހަގަކޮށްފައިވެއެވެ. އޭނާ އަށް މިފަހަރު ލިބިފައިވަނީ ލިސްޓުގެ ދެވަނަ މަގާމެވެ.

ބްލޫމްބާގް ބިލިއަނާސް އިންޑެކްސްގެ ތިން ވަނައިގައި ވަނީ އެމޭޒަން ގެ ފައުންޑަރު ޖެފް ބެޒޮސްއެވެ. އޭނާގެ މިލްކިޔާތުގައި 144 ބިލިއަން ޑޮލަރު ހުރި ކަމަށްވެއެވެ.

ލިސްޓުގެ ހަތަރުވަނައިގައި ބިލް ގޭޓްސް ހިމެނިފައިވާ އިރު، އޭނާގެ މިލްކިއްޔާތުގައި ހުރީ 118 ބިލިއަން ޑޮލަރެވެ.