ސައްހަ ނޫން ޓްރާންސެކްޝަންތައް އިތުރުވާތީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލުން) އިން ޗެޓްޖީޕީޓީ ބްލޮކްކޮށްފިއެވެ.

ބީއެމްއެލްގެ ކަސްޓަމަރުންގެ ތެރެއިން ވަރަށް ގިނަ ކަސްޓަމަރުން ވަނީ އެ ފަރާތްތަކުގެ އެކައުންޓުން ޗެޓްޖީޕީޓީއަށް ފައިސާ ކެނޑިފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބީއެމްއެލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެފަދަ ސައްހަ ނޫން ޓްރާންސެކްޝަންތައް އިތުރުވާތީ ޗެޓްޖީޕީޓީއާ ގުޅުންހުރި މާޗެންޓުތައް ވަގުތީ ގޮތުން ބްލޮކްކޮށްފައިވާ ކަމަށެވެ.

މާޗެންޓުގެ ޑޭޓާ ކޮމްޕްރޮމައިޒްވެއްޖެ ނަމަ، އެކަމުގެ ނޭދެވޭ އަސަރު ގިނަ އަދަދެއްގެ ކަސްޓަމަރުންނަށް ކުރާނެ ކަމަށާއި ބޭންކުން އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންގެ މައުލޫމާތު ރައްކާތެރިކުރަން ކަމަށް ބީއެމްއެލުން ބުންޏެވެ.