އުތުރު ކޮރެއާގެ ޖާސޫސީ މިސައިލު މޫދަށް ވެއްޓިއްޖެއެވެ
އުތުރު ކޮރެއާއިން ފުރަތަމަ ފަހަރަށް ޖައްވަށް ފޮނުވާލަން އުދުއްސާލި ޖާސޫސީ މިސައިލު ވެއްޓުމުގެ ކުރިން އެގައުމާ އިންވެގެން އޮންނަ ދެކުނު ކޮރެއާގެ އިތުރުން ޖަޕާނުން ވަނީ އާންމު ރައްޔިތުން ތައްޔާރީ ހާލަތުގައި ތިބުމަށް ނުރައްކަލުގެ ރަނގަބީލު އިއްވާފައެވެ.
އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގް އިން ވަނީ އެމެރިކާއިން ހިންގާ މިލިޓަރީ ހަރަކާތްތައް މޮނިޓާ ކުރުމަށް އެ ގައުމުން އަންނަ މަހުގެ 11 ވަނަ ދުވަހު އާ ސެޓަލައިޓެއް ޖައްވަށް ފޮނުވާނެކަމަށް ބުނެފައެވެ.
ދެކުނު ކޮރެއާގެ މިލިޓަރީއިން ވަނީ އުތުރުން ފޮނުވާލި މިސައިލު ވައިގެތެރޭގައި ގޮވައި ރާޑަރަށް ގެއްލިފައިވާކަމަށް ބުނެފައެވެ. އެ ގައުމުން ވަނީ ވެއްޓިފައިވާ ރޮކެޓްގެ ބައެއް މޫދުން ފެނިފައިވާ ކަމަށްބުނެ ބައެއް ފޮޓޯތައްވެސް އާންމު ކޮށްފައެވެ.
ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވަނީ އެ ގައުމަށްވެސް އުތުރު ކޮރެއާގެ މިސައިލުގެ މައުލޫމާތު އެނގުމާއެކު އެ މިސައިލުގެ މައުލޫމާތު އެއްކޮށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ތަހުގީގު ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.
ޖަޕާނުގެ ބޮޑުވަޒީރު އިތުރަށް ވިދާޅުވެފައިވަނީ އެގައުމަށް ނުރައްކާ ވެދާނެކަމަށް ފާހަގަކުރެވޭ ނަމަ އެރޮކެޓު ވައްޓާލުމަށް ތައްޔާރީ ހާލަތެެއްގައި ތިބިކަމަށެވެ.
އުތުރުކޮރެއާއިން ވަނީ އެގައުމުގެ މިލިޓަރީ އިތުރަށް ތަރައްގީކުރުމަށް ސެޓަލައިޓުތައް ތަރައްގީ ކުރަން ފަށާފައެވެ. ނަމަވެސް އަދި މިހާތަނަށް އެކަމުން ކާމިޔާބެއް ވެފައި ނުވާކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ