މީގެ ކުރިން ބައިނަލްއަގްވާމީ އެއާލައިނެއްގެ ގޮތުގައި ހިންގި މެގަ މޯލްޑިވްސް އިން މޯލްޑިވްސް ސިވިލް އެވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އަށް ދޭންޖެހޭ 533،132 ރުފިޔާ ދެން ނުލިބޭނެ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު ސީއޭއޭގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގައި ވައިގެ ދަތުރުފަތުރުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ސިވިލް އެވިއޭޝަނަށް 1.2 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށާއި އޭގެ ތެރެއިން 533،132 ރުފިޔާއަކީ މެގަ މޯލްޑިވްސް އިން ދައްކަންޖެހޭ ފައިސާ ކަމަށެވެ.
ބަނގުރޫޓުވުމުން ހުއްޓާލާފައިވާ މެގަ މޯލްޑިވްސް އުވާލުމުގެ ކަންކަން ކުރިއަށްދާތީ އެ ކުންފުނިން ލިބެންޖެހޭ ފައިސާގެ ލިބުމުގެ ފުރުސަތު ކުޑަވުމުން، އެއީ ސީއޭއޭއަށް ލިބެންޖެހޭ ފައިސާ ކަމަށް ހިމަނާފައި ނުވާނެ ކަމަށްވެސް އޮޑިޓް ރިޕޯޓުން ބުންޏެވެ.
ރާއްޖެ އިން ބޭރުގެ އެކި މަންޒިލްތަކަށް 2010 ވަނަ އަހަރުން ފެށިގެން ދަތުރު ކުރަމުން ދިޔަ މެގަ މޯލްޑިވްސް އިން ދައުލަތަށް 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން 2018 ވަނަ އަހަރު ވަނީ ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު