ބޮލީވުޑްގެ މަގުބޫލު ބަތަލު ރަންވީރު ސިންގް ހޮލީވުޑްގެ ޓެލެންޓް އެޖެންސީއެއް ކަމަށްވާ "ވިލިއަމް މޮރިސް އެންޑޫވާ"އާއެކު އެއްބަަސްވުމެއްގައި ސޮއިކޮށްފިއެވެ.
2010 ވަނަ އަހަރު ޔާޝް ރާޖްގެ "ބޭންޑް ބާޖާ ބާރާތު" އިން ބޮލީވުޑަށް ނުކުތް ރަންވީރު ވަނީ ހިޓް ފިލްމުތަކެއް ކުޅެފައެވެ. އޭގެ ތެރޭފައި "ސިންބާ" އަދި "ގަލީ ބޯއީ" ހިމެނެއެވެ. ރަންވީރު އަންނަނީ އިންޓަނޭޝަނަލް ގިނަ ބްރޭންޑްތަކެއްގެ އެމްބެސެޑަރުކަންވެސް ކުރަމުންނެވެ. ވިލިއަމް މޮރިސް އެންޑޫވާ އާއެކު ހެދި އެއްބަސްވުމަކީ އޭނާ ހޮލީވުޑަށް ނުކުތުމަށް އެޅި ފިޔަވަޅެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި އެއްބަސްވުމަށްފަހު ބޭރުދުނިޔޭގައި ރަންވީރު ތަމްސީލުކޮށް ފުރުސަތުތައް ހޯދައިދޭނީ ވިލިއަމް މޮރިސް އެންޑޫވާ އެޖެންސީއިންނެވެ. އެ އެޖެންސީއަކީ ހޮލީވުޑްގެ މަގުބޫލު އެހެން ތަރިންތަކެއްވެސް ތަމްސީލު ކުރާ އެޖެންސީއެކެވެ. އޭގެ ތެރޭގައި ބެން އެފްލެކް، ހުގް ޖެކްމޭން، މިޝޭލް ވިލިއަމްސް، ކްރިސްޓިން ބެލް، މެޓް ޑޭމަން އަދި ޖެނިފާ ގާނާ ހިމެނެއެވެ.
ރިސްކް އެންޑް ފައިނޭންޝިއަލް އެޑްވައިޒަރީ ކުންފުންޏެއް ކަމަށްވާ ކްރޯލް އިން އާންމުކުރި ރިޕޯޓެއްގައި ވާގޮތުގައި ރަންވީރްގެ ބްރޭންޑް ވެލިއު 181.7 މިލިއަން ޑޮލަރަށް އަރައެވެ. އެހެންކަމުން އޭނާ ވެގެންގޮސްފައިވަނީ މި ރޮނގުން 2022 ވަނަ އަހަރު އިންޑިއާގެ އެންމެ އަގު ބޮޑު ތަރިއަށެވެ.
ނަމަވެސް 2022 ގައި ރިލީސްވި ރަންވީރުގެ ފިލްމުތައް ކަމަށްވާ "ޖައޭޝްބައި ޖޯރްދާރު" އަދި "ސާކަސް" އަށް މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. މިއަަހަރު އޭނާ ފެނިގެންދާނީ ބަތަލާ އާލިއާ ބަޓް އާއެކު ކަރަން ޖޯހަރުގެ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" އިންނެވެ. ފިލްމުގެ ޕޯސްޓަރުތައް ކަރަންގެ އުފަންދުވަހު ވަނީ ރިލީސްކޮށްފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް