ސަރުކާރުގެ ދަނޑުވެރިކަމާ ބެހޭ ސިޔާސަތާއި މަސްވެރިކަމާ ބެހޭ ސިޔާސަތަށް ފާޑު ވިދާޅުވެ، ދެ މެމްބަރަކު ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.
އޭގެ ތެރެއިން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިއާދަކޮށް ދަނޑުވެރިންނަށް ދިނުމަށް ގޮވާލައެވެ.
މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ހުށަހެޅުއްވީ، އެމްޑީޕީގެ ވެރިކަމެއް އޮވެ، އެމްޑީޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ހިންގުމުގައި ފަހަތުފަޔަށް ބުރަވެ، ސަރުކާރުން މަސްވެރިކަމުގެ ސިޔާސަތާ ދެކޮޅަށް ވާހަކަދެއްކުން ހުއްޓާލައި އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ގޮވާލާ ގަރާރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު