Close
ޚަބަރު

ވެމްކޯގެ ޗެއާމަން ވަކިކުރަން ޕީސީބީއަށް ފޮނުވައިފި

ވެމްކޯގެ ޗެއާމަން މުހައްމަދު އިބްރާހިމް މަނިކު އެ މަގާމުން ވަކިކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ފޮނުވައިފިއެވެ.

އެކަން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

އެނގިފައިވާ ގޮތުގައި، މަނިކު މަގާމުން ވަކިކުރަނީ, އެމްޑީޕީން ވަކިވި މެންބަރުން އިސްވެ އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީގައި ހަރަކާތްތެރިވަމުންދާތީވެ, އެމްޑީޕީގެ ސްލޮޓުތަކުން ވަކިކުރަން އެ ޕާޓީން އެދެމުންނެވެ.

ޑިމޮކްރެޓްސްއާ ގުޅޭ އެމްޑީޕީގެ މެންބަރުން ސިޔާސީ މަގާމުތަކުން ވަކިކުރަމުންދާ އިރު، އިއްޔެ ވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު މުޖުތަބާ އާއި އެކްޓިވިސްޓް އަދި ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުން އަލީ ހާޝިމް (ސްމިތު)ވެސް ވަކިކޮށްފައެވެ.