Close
ވިޔަފާރި

މޫލީގެ "އެންމެ އަގު ހެޔޮ ސޭލް" އިން 80 ޕަސަންޓާ ހަމައަށް ޑިސްކައުންޓް

އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ އިން މަގުބޫލު ބްރޭންޑުތަކުން 80 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އުރީދޫން މިއަދު ބުނީ "އެންމެ އަގުހެޔޮ ސޭލް" ނަމުގައި މިއަދު ފެށި ޕްރޮމޯޝަން އަންނަ ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

"އެންމެ އަގުހެޔޮ ސޭލް" ޕްރޮމޯޝަންގެ ދަށުން މަގުބޫލު ބްރޭންޑްތަކުގެ ސްމާޓްފޯނާއި އެކްސެސަރީޒްތައް ކޮންމެ ތަނެއްގައި ވެސް ހުރެ، ކޮންމެ ވަގުތަކު ވެސް ގަނެވޭނެ ކަމަށާއި ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވާކޮށްދޭނެ ކަމަށް އުރީދޫން ބުންޏެވެ.

އެ ޕްރޮމޯޝަންގައި އައިފޯން، އެޕަލް ވޮޗު، އެއާޕޮޑްސް، ސެމްސަންގް ފޯނާއި ގަޑީގެ އިތުރުން ވާވޭގެ މަގްބޫލް ފޯނުތަކުންވެސް 80 ޕަސަންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. ޕްރޮމޯޝަންގެ ދަށުން ލިބެން ހުރި ޕްރޮޑަކްޓްސްތަކުގެ މައުލޫމާތު، މޫލީ ވެބްސައިޓާއި އުރީދޫ އެޕުގައި "މޫލީ އަގު ހެޔޮ ސޭލް" ސެކްޝަނުން ބަލައިލެވެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށާއި ކުދި ވިޔަފާރިތަކަށް މޫލީ މެދުވެރިކޮށް ގިނަ ކަސްޓަމަރުންނާ މުއާމަލާތް ކުރެވޭނެ ގޮތް މިހާރު ފަހިކޮށްދީފައިވާ ކަމަށެވެ. މި ހިދުމަތްތަކާ އެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށްވެސް ބުންޏެވެ.