Close
ބޮލީވުޑް

އަބީޝެކްގެ ފިލްމް "ދަސްވީ"ގެ ދެވަނަ ބައެއް ނެރެނީ

2022 ގައި ރިލީސްކުރި ފިލްމު "ދަސްވީ"އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެ ފިލްމުގައި ބަތަލު އަބީޝެކް ބަޗަން ފެނިގެން ގޮސްފައިވަނީ ނުކިޔަވައި ހުރި ސިޔާސީ މީހެއްގެ ރޯލުންނެވެ.

ބޮލީވުޑްގެ ފަހުގެ ހަބަރުތައް ބުނާ ގޮތުގައި މި ފިލްމުގެ ދެވަނަ ބައެއް އުފައްދަން ފިލްމުގެ ޑައިރެކްޓަރު ތުޝާރު ޖަލޯތާ ވަނީ މަސައްކަތް ފަށައިފައެވެ. ފިލްމުގެ ޕްރޮޑިއުސަރު ދިނޭޝް ވިޖެއިންގެ ހިޔާލަށް، ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރަން ފަށާފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

މިއަހަރުގެ ފަހުކޮޅު ފިލްމުގެ ޝޫޓިންތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ދަސްވީގައި އަބީޝެކްގެ އިތުރުން ޔަމީ ގޯތަމް އަދި ނިމްރަތު ކޯރު ލީޑް ރޯލުން ފެނިގެންގޮސްފައިވެއެވެ. މި ފިލްމުން އަބީޝެކަށް ވަނީ ފިލްމްފެއާ 2022 ގައި ވެބް އޮރިޖިނަލް ފިލްމު ކެޓަގަރީން ބެސްޓް އެކްޓަރުގެ މަގާމުވެސް ލިބިފައެވެ. އަދި ބެސްޓް ފިލްމް ވެބް އޮރިޖިނަލްގެ އެވޯޑު ލިބިފައެވެ.